ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ރައްކާތެރި ތަނަކަށް ގެންދެވޭތޯ މަސައްކަތްކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފަށާފައިވާއިރު، ޔޫކްރެއިނާއި ރަޝިޔާގުޅޭ ބޯޑަރު ކައިރީގައި ތިބި ދިވެހި 5 ކިޔަވާކުއްޖަކު ފިޔަވާ، އެ ސަރަޙައްދުގައި ތިބި ހުރިހާ ދަރިވަރުން މިހާރު ވަނީ ރާއްޖެ އައިސްފައެވެ. ޔޫކްރެއިންގައި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުގެ އިތުރުން އެ ޤައުމުގެ އެކި ސިޓީތަކުގައި އަދިވެސް ދިވެހި 20 ދަރިވަރަކު އެބަތިއްބެވެ. އެ ދަރިވާރުންނާވެސް ގުޅައިގެން އެމީހުންގެ ޙާލަތު ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށްޓަކައި އެ ކުދިން ރައްކާތެރި ހިސާބަކަށް ގެންދެވޭތޯ ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީން މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެކުވެރި ދައުލަތްތަކާއި ގުޅިގެން އެކަން ވާނެ ގޮތެއް ބަލަމުންދާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގެ 3 ސަރަހައްދެއްގައި ދިވެހި ދަރިވަރުން ތިބިއިރު، އެ ހުރިހާ ކުރިންވެސް ތިބީ ރައްކާތެރިކަމާއެކު ކަމަށެވެ. އަދި އެކުދިންގެ އަތުގައި ކާބޯތަކެއްޗާއި ފައިސާވެސް އެކަށީގެންވާރަކަށް އެބަހުރިކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު


9

ގަމާރު

02-Mar-2022

ގަމާރު ފަރުވާކުޑަގޮލަޔަކު މިނިސްޓަރުކަމަށް ލައިގެން ވާނެކަމަށް އެބައޮތްތޯ



ފަހުގެ ލިޔުންތައް