ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ލިބިފައިވާ ރިޔާސީ ހުރިހާ ބާރެއް ނައިބު ރައީސާއި ހަވާލުކުރުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ނާއިބު ރައީސާއި ވަގުތީ ގޮތުން ހަވާލުކުރުމަށް ނިންމެވީ، ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިރޭ ފަތިހު ސާޖަރީއެއް ހައްދަވަން ހަމަޖެހުމާއި ގުޅިގެނެވެ.
ރައީސުލްޖުމްހޫރިއްޔާ މިވަގުތު ހުންނެވި ތައިރޮއިޑްގެ ފަރުވާއަކަށް ސިންގަޕޫރުގައެވެ. ސިންގަޕޫރަށް ވަޑައިގެންނެވީ އިއްޔެއެވެ.
ރައީސް ސާލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަަތިހު ސާޖަރީ ހައްދަވަން ހަމަޖެހިފައި އޮތުމުން ރިޔާސީ ހުރިހާ ބާރެއް ނައިބު ރައީސާއި ހަވާލުކުރުމަށް ނިންމަވާފައިވާކަމަށެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރަސްމީކޮށް އަންގަވާނޭކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
މިއީ ރާއްޖޭގައި ރައީސްގެ ބާރުތައް ރަސްމީކޮށް ނާއިބު ރައީސާއި ހަވާލުކުރާ ފުރަތަމަ ފަހަރެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވެއްޖެކަމަށް ޤަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުންއެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުކަމަށް ގާނޫނުއަސާސީގައިވެއެވެ.

Following advice from my doctors, I’m scheduled to undergo surgery on my thyroid this morning. I will formally notify Speaker of @mvpeoplesmajlis and VP @FaisalNasym will temporarily assume my duties for the duration of my surgery. I look forward to returning to work shortly. IA.
— Ibrahim Mohamed Solih (@ibusolih) February 24, 2022
މިއީ ރާއްޖޭގައި ރައީސްގެ ބާރުތައް ރަސްމީކޮށް ނާއިބު ރައީސާއި ހަވާލުކުރާ ފުރަތަމަ ފަހަރެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވެއްޖެކަމަށް ޤަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުންއެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުކަމަށް ގާނޫނުއަސާސީގައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު