ނައިބު ރައީސް ފައިޞަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ހުވާ ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ނާއިބު ރައީސާއި ވަގުތީ ގޮތުން ހަވާލުކުރުމަށް ނިންމެވީ، ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ފަތިހު ސާޖަރީއެއް ހައްދަވަން ހަމަޖެހުމާއި ގުޅިގެނެވެ.
ނާއިބް ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ހުވާ ކުރެއްވުން އޮތީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މިރަސްމިއްޔާތުގައި ނައިބު ރައީސްއަށް ހުވާލާދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެއެވެ. ނައިބް ރައީސް ހުވައި ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައެވެ.
މިއީ ރާއްޖޭގައި ރައީސްގެ ބާރުތައް ރަސްމީކޮށް ނާއިބު ރައީސާއި ހަވާލުކުރާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު