މިއަދަކީ ގާނޫނު އަސާސީއަށް ކަމޭހިތާ ވެރިންގެ ސިފަ ފެނިގެންދިޔަ ދުވަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިމޭރުމުން ވިދާޅުވެފައި މިވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ތައިރޮއިޑް ސަރޖަރީއެއް ހެއްދެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުތައް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާ ހަވާލު ކުރެއްވުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައެވެ.
ތިންގަޑިއިރާއި ތިރީސް މިނެޓަށްފަހު ރައީސް ޞާލިޙް މިއަދުވަނީ ރައީސްކަމުގެ ބާރުތަކާ ރަސްމީކޮށް އަލުން ހަވާލުވެވަޑައިގެންފައެވެ.
އެކަމާ ގުޅިގެން ރީކޯ މޫސަ މިއަދު ވިދާޅުވީ، މިއަދަކީ ޑިމޮކްރަސީގެ ހަޔާތުން ރާއްޖެއަށް ތާރީހީ ދުވަހެއް ކަމަށާއި ގާނޫނު އަސާސީއަށް ކަމޭހިތާ ވެރިންގެ ސިފަ ފެނިގެންދިޔަ ދުވަހެއް ކަމަށެވެ. އަދި މީގެ ކުރިން ނިމިދިޔަ ދެ ދައުރުވެސް ފެނުނީ ވެރިކަމާހެދި ކޯޅުނު މަންޒަރުކަމަށް ރީކޯމޫސަ މިއަދު ވިދާޅުވިއެވެ.
"މީގެ ކުރިން ދެ ދައުރުވެސް ފެނުނީ ވެރިކަމާ ހެދި ރައީސް އާއި ނައިބުރައީސް ބޭވަފާތެރިވެ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ރައީސް ވަހީދު ފޭރުނު ތަނެވެ. ރައީސް ޔާމީން، ނައިބު ރައީސުން ތަޅާ ބޭރު ކުރި ތަނެވެ." މޫސަ ވިދާޅުވިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ ސަރޖަރީ ކާމިޔާބުވުމާއެކު އެމަނިކުފާނު ވަނީ ވެރިކަމުގެ މަސްއޫލިއްޔަތުތަކާ އަލުން ހަވާލުވެވަޑައިގެންފައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަލުން ހަވާލުވެވަޑައިގެންނެވީ ޤާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެކަން ލިއުމުން އެންގެވުމަށްފަހު ހެނދުނު 9:30 ގައެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވެއްޖެކަމަށް ޤަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުންއެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެއެވެ.
އަދި، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުކަމަށް ގާނޫނުއަސާސީގައިވެއެވެ.

ޑިމޮކްރަސީގެޙަޔާތުން ރާއްޖެއަށްތާރޚީ ދުވަހެކެވެ، ޤއ ކަމޭހިތާވެރިންގެސިފަ ފެނިގެންދިޔަ ދުވަހެކެވެ،މީ ގެކުރިން ނިމިދިޔަ ދެދަވްރުވެސް ފެނުނީ ވެރިކަމާހެދި ރައީސްއާއި ނައިބުރައީސް ބޭވަފާތެރިވެ ރ.ނަޝީދުގެ ވެރިކަން ވަހީދު ފޭރުނުތަނެވެ ރ ޔާމީން ނ ރައީސުން ތަޅާ ބޭރުކުރިތަނެވެ
— Moosa Maniku (Reeko) (@ReekoMoosa) February 25, 2022
ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ ސަރޖަރީ ކާމިޔާބުވުމާއެކު އެމަނިކުފާނު ވަނީ ވެރިކަމުގެ މަސްއޫލިއްޔަތުތަކާ އަލުން ހަވާލުވެވަޑައިގެންފައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަލުން ހަވާލުވެވަޑައިގެންނެވީ ޤާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެކަން ލިއުމުން އެންގެވުމަށްފަހު ހެނދުނު 9:30 ގައެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވެއްޖެކަމަށް ޤަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުންއެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެއެވެ.
އަދި، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުކަމަށް ގާނޫނުއަސާސީގައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު