ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެން ނައިބު ރައީސް ފައިސަލް ނަސީމް ހުވާ ކުރެއްވުމުން އަނެއްކާވެސް ގާނޫނުއަސާސީގައި ހުރި މައްސަލަތައް ފާހަގަވެއްޖެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް، ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ތައިރޮއިޑް ސަރޖަރީއެއް ހެއްދެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުތައް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާ މިއަދު ވަނީ ހަވާލު ކުރައްވާފައެވެ. ނައިބް ރައީސް ފައިސަލް ނަސީމް މިއަދުވަނީ ރައީސުލްޖުމުހޫރިއްޔާގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެން އެކަމުގެ ހުވާ މަޖިލީހުގެ އިދާރާގައި ކުރައްވާފައެވެ.

ތިންގަޑިއިރާއި ތިރީސް މިނެޓަށްފަހު ރައީސް ޞާލިޙް މިއަދުވަނީ ރައީސްކަމުގެ ބާރުތަކާ ރަސްމީކޮށް އަލުން ހަވާލުވެވަޑައިގެންފައެވެ. އެކަމާ ގުޅިގެން މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތާރިގް ވިދާޅުވީ، ގާނޫނުއަސާސީގެ ހުރި މައްސަލަތައް އަނެއްކާވެސް ފެނިވަޑައިގެންފި ކަމަށާއި ގާނޫނުއަސާސީގެ 123 ވަނަ މާއްދާގެ (ހ) ގައި ރައީސަށް މަސްއޫލިއްޔަތު އަދާނުކުރެވޭ ހާލަތުގައި، ނާއިބު ރައީސާ ބާރުތައް ހަވާލުކުރާއިރު ހުވާ ކުރަންޖެހޭ ވާހަކަ ނެތް ކަމަށެވެ. އެކަން އޮތީ ސައިލެންޓުކޮށް (ހަނު) ކަމަށް ތޯރިގް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 123 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވެއްޖެ ކަމަށް ޤަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަން ވާނެ ކަމަށެވެ.



ތޯރިގް ވިދާޅުވީ ގާނުނުއަސާސީގެ 126 ވަނަ މާއްދާގައި އޮންނަ ގޮތުން، ވަގުތީ ހުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސްކަމާ ހަވާލުވާއިރު ކަމަށެވެ. އެހެންކަމުން މަގާމުގެ ހުވާ ނައިބު ރައީސް ކުރުމުން، ގަބޫލްކުރެވެނީ ނައިބު ރައީސްގެ ހުވާގެ މަތީގައި ހުރެ ޒިންމާތައް އަދާކުރުން ކަމަށް ތޯރިގް ވިދާޅުވި އެވެ.

"ހުވާކުރީމައި ސުވާލު އުފެދެނީ 2 ރައީސުން ތިބީތޯއެވެ؟ ނުވަތަ ނާއިބުރައީސްގެ ކުރީގެ ހުވާ ދެމިއޮތްތޯއެވެ؟" ތޯރިގް ސުވާލު އުފެއްދެވިއެވެ.

ތޯރިގް އިތުރަށް ވިދާޅުވީ ގާނުނުއަސާސީގެ 126 ވަނަ މާއްދާގައި ރަންޔިތުންގެ މަޖިލިސްގެ ރައީސް ކުރިމަތީގައި ހުވާކުރާ ވާހަކަ ނެތީ، ހުވާ ކުރާ މީހަކީ މަޖިލީހުގެ ރައީސްކަމަށް ވާތީ ކަމަށެވެ. އެއީ 125 ވަނަ މާއްދާގައި ބުނާ ރިޔާސީ އިންތިހާބަށް ގޮވާލާ ވަގުތު ކަމަށް ތޯރިގް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން