އެމްޑީޕީގެ ޗެެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕެއިން ލޯންޗުކުރަން މިރޭ ބާއްވާ ޖަލްސާއަށް މިލަންދޫއަށް ވަޑައިގެންނެވުމުން އެރަށުން ވަރަށް ހޫނޫ މަރުހަބާއެއް ކިޔައިފިއެވެ.

މިއަދު ހަވީރު އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއެކު މަޖިލީސް މެންބަރުންނާއި އެމްޑީޕީގެ އިސް ބޭފުޅުން ވަނީ މިލަންދޫއަށް ވަޑައިގެންފައެވެ. އެ ބޭފުޅުންް މިލަންދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ އެބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ. ފައްޔާޒުގެ ކެމްޕޭން ރަސްމީކޮށް ލޯންޗު ކުރުމަށް ހަމަޖެހިފައިވަނީ މިލަަންދޫ ބަނދަރު ސަރަހައްދުގައި މިރޭ 20:30 ގައި ބާއްވާ ހާއްސަ ޖަލްސާއެއްގައެެވެ.

ފައްޔާޒުގެ ކެމްޕޭން ޓީމުން ބުނީ މިރޭގެ ޖަލްސާގައި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި ވަރަަށް ގިނަ އަދަދެއްގެ އާންމުން ބައިވެރިވާނެ ކަމަަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ފައްޔާޒާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. މި އިންތިޚާބުގައި ސަރުކާރު ގިނަ އަދަދެއްގެ ވަޒީރުންނާއި މަޖިލިސް މެމްބަރުން މިހާރު ވަނީ ފައްޔާޒަށް ތާއިދު އޮތް ކަން ހާމަކުރަށްވާފައެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން