ޔުކްރެއިނުގެ ވެރިރަށް ކިއެވްގައި އާންމުން ދިރިއުޅޭ ސަރަހައްދަކަށް ދިން ހަމަލާގެ ސަބަބުން ބައެއް ގެތަކުގައި ދިރިނޫޅެވޭ ވަރަށް ހަލާކުވެފައި.
ޔުކްރެއިނުގެ ވެރިރަށް ކިއެވްގައި އާންމުން ދިރިއުޅޭ ސަރަހައްދަކަށް ދިން ހަމަލާގެ ސަބަބުން ބައެއް ގެތަކުގައި ދިރިނޫޅެވޭ ވަރަށް ހަލާކުވެފައި.
ޔޫކްރެއިންގައި ތިބި ދިވެހިން ހަންގޭރީއަށް ގެންދިޔުމަށް ހަންގޭރީގެ ފުރިހަމަ އެއްބާރުލުން ދީފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ހަންގޭރީގެ ޚާރިޖީ ވަޒީރާ ގުޅުއްވައި، ޔޫކްރެއިންގައި ތިބި ދިވެހިން ރައްކާތެރިކަމާއެކު ހަންގޭރީއަށް ގެންދިޔުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. އެގޮތުން މިމަޝްވަރާ ތަކުގެ ތެެރެއިން ޔޫކްރެއިންގައި ތިބި ދިވެހިން ރައްކާތެރިކަމާއެކު ހަންގޭރީއަށް ގެންދިއުމަށް ހަންގޭރީގެ ފުރިހަމަ އެއްބާރުލުން ދިވެހިންނަށް ލިބޭނެކަމުގެ ޔަޤީންކަން އެޤައުމުން ދިންކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އެގޮތުން ޔުކްރެއިންގެ އިވަނޯ-ފްރެންކިވްސްކްގައި ތިބި 15 ދިވެހިން މިވަގުތު ތިބީ ޔޫކްރެއިންއާ ހަންގޭރީ ބޯޑަރާއި ކައިރީގައި އޮންނަ އަޒްހަރާޑު ސިޓީގެ ހަންގޭރީ ކޮންސިއުލޭޓްގެ ބެލުމުގެ ދަށުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި 15 ދިވެހިން ބޯޑަރު ހުރަސްކޮށް، ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުމުގެ އިންތިޒާމް، ހަންގޭރީ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޔުކްރެއިންގެ އިވަނޯ-ފްރެންކިވްސްކްގެ އިތުރުން ނިޕްރޯ ސިޓީގައި ތިބި ދަރިވަރުންވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

އަދި ބޯޑަރު ހުރަސްކުރުމުން ބުޑަޕެސްޓަށް މިދަރިވަރުން ގެންދިޔުމަށް ފޮރިން މިނިސްޓްރީގެ ހާއްސަ ޓީމެއް ހަމަޖައްސާފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ދަރިވަރުން ބުޑަޕެސްޓަށް ދިޔުމަށްފަހު ދެދުވަހުގެ ތެރޭގައި ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ޔުކްރެއިނުގެ އިވަނޯ-ފްރެންކިވްސްކްގައި ކިޔަވާ ދިވެހި ދަރިވަރުން ގެނައުމުގައި ލަސްތަކެއްވީ އެ ދަރިވަރުންގެ ކިޔެވުން އޮންލައިން ކްލާސްތަކަށް ޔުނިވަރސިޓީއިން ބަދަލުކުރިތާޑ މާ ގިނަ އިރުތަކެއް ނުވެ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެންކަމަށެވެ.

މީގެއިތުރުން، ޔުކްރެއިނުގެ ހަރްކީވްގައި ބާކީ ތިބި 8 ދިވެހިން، ޔޫކްރެއިންގެ ހުޅަނގަށް ގެންދިޔުމަށް މަސައްކަތްކުރަމުން ދާކަމަށްވެސް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް އެއީ ދުރު ހިސާބަކަށް ވުމުގެއިތުރުންނާއި ހާލަތު އޮތް ގޮތުން ހަރްކީވްގައި ބާކީ ތިބި ދަރިވަރުން ޔޫކްރެއިންގެ ހުޅަނގަށް ގެންދިޔުމުގައި ދަތިތަކެއް ހުރިކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.

މިނިސްޓްރީން ބުނީ، މިއަށްކުދިންގެ ތެރެއިން ފަސްކުދިންނަކީ ވިސާ އައު ކުރުން ފަދަ އަމިއްލަ އެކި ސަބަބުތަކާ ހުރެ ކުރިން ނުފުރުނު ދަރިވަރުން ކަމަށެވެ. އަދި ބާކީ ތިބި 3 މީހުން ޔޫކްރެއިންގައި ތިބިކަން ބަރލިންގައި ހުންނަ ދިވެހި އެމްބަސީއަށް އަންގާފައިވަނީ އިއްޔެކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ހަމަލާތަކާއެކު ޔުކްރެއިނުގެ ހާލަތު ގޯސްވެފައިވާއިރު، އެގައުމުގައި ތިބި ދިވެހި ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އެ ސަރަހައްދުގެ އެކި ގައުމުތަކާއެކު ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން