މެދު އިރުމަތީގައި ފަތުރުވެރިކަމާ ގުޅުން ހުރި ޚިދުމަތްތައް ފޯރުކޮށްދޭ ސީރާ ގްރޫޕްގެ ފްލޭގްޝިޕް ކޮންސިއުމަރ ޓްރެވަލް ބްރޭންޑް އަލްމޮސާފާއާއެކު ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމާއި ގުޅޭ ކެމްޕެއިނެއް މޯލްޑިވްސް

މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ފަށައިފިއެވެ.

ސީރާ ގްރޫޕަކީ މެދުއިރުމަތި އަދި އުތުރު އެފްރިކާގައި ފަތުރުވެރިކަމާ ގުޅޭ އެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ކުންފުންޏެވެ. މި ކުންފުންޏާއެކު އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ ކެމްޕެއިންގެ ދަށުން ރާއްޖެއާބެހޭ އެންމެ ފަހުގެ މައުލޫމާތު އެކި ބާވަތުގެ ކޮންޓެންޓު މެދުވެރިކޮށް މި މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނާ ހިއްސާކުރާނެއެވެ.

މިގޮތުން ޓުވިޓަރ، އިންސްޓަގްރާމް، އަދި ސްނެޕްޗެޓްގައި ރާއްޖެއާއި ގުޅުން ހުރި އެކި ކޮންޓެންޓު ސީރާއިން މި ކެމްޕެއިންގެ ތެރެއިން ހިއްސާކުރާނެއެވެ. 2 ހަފްތާގެ މި ކެމްޕެއިން ކުރިއަށް ގެންދާނީ ފެބުރުވަރީ 25 ވަނަ ދުވަހުން މާރޗް 11 ވަނަ ދުވަހަށެވެ.



އެމްއެމްޕީއާރުސީން ބުނީ މި ކެމްޕެއިންގެ މައިގަނޑު މަޤްސަދަކީ މެދުއިރުމަތި އަދި ސައުދީ މާކެޓުގައި ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުންކަމަށެވެ. މި ގޮތުން މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި، ޓްރެވަލް ގައިޑްލައިންސް، މި މާކެޓްގެ ދަތުރުފަތުރު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކާ ހިއްސާކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މިކަމުގެ ސަބަބުން މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.

މި ކެމްޕެއިންގެ ތެރެއިން ސޯޝަލް މީޑިއާގައި ހިއްސާކުރާ ރާއްޖޭގެ އިޝްތިހާރާއި، މައުލޫމާތުން 5 މިލިއަން އިންޕްރެޝަންސް ލިބޭނެކަމަށް އަންދާޒާކުރެވެއެވެ. މިއީ، މެދުއިރުމަތީގެ މާކެޓަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ހިންގޭ ކެމްޕެއިނެކެވެ.

މި ސްޓްރެޓަޖީގެ ދަށުން ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކޮށް، ރާއްޖޭގެ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކާއި، މިތަންތަނުގައި އެޅިފައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ސައުދީ އަދި މެދުއިރުމަތީގެ މަތީ ފަންތީގެ ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މާކެޓްކުރުމެވެ. މިގޮތުން މި ސްޓްރެޓަޖީގެ ދަށުން ރާއްޖެއިން ފަތުރުވެރިކަމުގެ އެކި ސެގްމެންޓުތައް ކަމަށްވާ ހަނީމޫން، ރޮމާންޓިކް، ފެމިލީ، ޑައިވް އަދި ވޯޓާސްޕޯޓްސްގެ އިތުރުން މައިސް ޓޫރިޒަމް ސެގްމަންޓަށް ޚާއްސަކޮށް ލިބޭ ހިދުމަތްތަކާއި ތަޖުރިބާތައް އިޝްތިހާރުކުރުން ހިމެނެއެވެ.

މެެދުއިރުމަތި އަދި ސައުދީ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްއިން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. މީގެތެރޭގައި ވާޗުއަލް އަދި އިން ޕާސަން ފެއާތަކުައި ބައިވެރިވުމާއި، އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖެއާއި ދުނިޔޭގެ އެކި ފަރާތްތަކާއެކު މާކެޓިން ކެންޕެއިންތަކާއި، ރޯޑް ޝޯ، ވެބިނާ، ފެމިލަރައިޒޭޝަން ޓްރިޕްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހިނގާ 2022 ވަނަ އަހަރަށްވެސް މި މާކެޓަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެމްއެމްޕީއާރުސީއިން ވަނީ ރާވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން