އެމްޑީޕީގެ އަންހެނުން ސިޔާސީ މައިދާނަށް ނުކުންނަންޖެހޭ ކަމަށާއި، ސިޔާސީ މައިދާނަށް ނުކުންނަ އަންހެނުން "ފިސާރި" އަންހެނުންނަށް ހައްދަވައިދެއްވާނެ ކަމަށް އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.
ރޮޒައިނާ މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި އޭނާގެ ކެމްޕޭނު ލޯންޗު ކުރުމަށް ރޭ ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ޕާޓީގެ އަންހެނުންގެ ރޫހު ތޮށި ފަޅާލައި ނިކުންނަންވީ ވަގުތު މިއޮތީ އައިސްފައި ކަމަށެވެ. އެކަން ކުރަން ބޭނުންވަނީ ފިސާރި އަންހެން ވެރިން ކަމަށާއި ޕާޓީގެ ތެރެއިން އެ އަންހެން ލީޑަރުންނަށް ލިބެންޖެހޭ ގަދަރާއި އިއްޒަތް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި ހަމައެކަނި އެކްޓިވިސްޓުންގެ ގޮތުގައި އަންހެނުން ތިބެގެން މިއަދު ފުދޭކަށް ނެތް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"އަޅުގަނޑު އަންހެނުން ރޫހުގެ ރައީސް ކަމަށް އިންތިޚާބުކޮށްފިނަމަ ސިޔާސީ ފުރުސަތުތަކަކީ ވަކި އާއިލާ އަކަށް ވަކި ރަށަކަށް ކަނޑައެޅިފައި އޮންނަ އެއްޗަކަށް ވެގެން ނުދާނެ، އެވާނީ އެމްޑީޕީ ހުރިހާ އަންެހެނުންނަށް ވެސް ފުރިހަމައަށް ފުޅާކޮށް ލިބިގެންދާނެ ފުރުސަތުތަކަކަށް، އަޅުގަނޑު މިއެދެނީ ބިރު ކަނޑާލާފައި ލަދުން ނުތިއްބަވާ ސިޔާސީ ދާއިރާއަށް ނުކުންނަވާށޭ ސިޔާސީ މައިދާނުގައި އަންހެނުން ވަރަށް އެބަ ބޭނުންވޭ ތިބޭފުޅުން އަޅުގަނޑާއެކީ ނުކުންނަވާފިނަމަ ފިސާރަ އަންހެން ވެރިންނަށް ހަދައިދޭނަން." ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ޕާޓީގެ އަންހެން ކައުންސިލަރުންނާއި އެމްޑީޕީގެ އަންހެން ކައުންސިލަރުންނާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނަކީ ޕާޓީގެ އަންހެން ލީޑަރުން ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އެ ފަރާތްތަކާ ޕާޓީއާ މާބޮޑު ގުޅުމެއް އޮތްތަން ފެނިގެން ގޮސްފައި ނުވާކަން ރޮޒައިނާ ވަނީ ފާހަަގަކުރައްވާފައެެވެ.
ރޮޒައިނާ އިތުރުން އެމްޑީޕީގެ އަންހެނުން ގޮފީގެ ރައީސްކަމަށް ވާދަކުރައްވަނީ ސަފާތު އަހުމަދު ޒާހިރެވެ. އެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް 16 ގައެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެމްޑީޕީގެ ސިޔާސީ ހުރިހާ ހަރަކާތެއްގައި އަދި ކަންކަން ނިންމާ ފެންވަރުގައި އެ ޕާޓީގެ އަންހެން މެމްބަރުންގެ ބައިވެރިވުމާ ހިއްސާ އިތުރުކޮށް، އަންހެން މެމްބަރުންގެ އަޑު އުފުލުމަށް ހެދިފައިވާ ގުނަވަނެކެެވެެ.

ކިޔުންތެރިންގެ ހިޔާލު