ރާއްޖޭގެ ފަތުރުވެރިކަމާއި ޑައިވިންގ އިންޑަސްޓްރީއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދާ ކަނޑުއަޑީގައި 50 ގަޑިއިރު ހޭދަކުރުމުގެ އިވެންޓުގެ ބައިވެރިޔާގެ ހާލު ރަނގަޅުކަމަށް އިވެންޓް އިންތިޒާމްކުރާ ޔުނިކް ސްޕޯޓްސްއިން ބުނެފިއެވެ.
މި ޑައިވް ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ޑައިވިންގ އިންޑަސްޓްރީއަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ އިތުރުން، މި ހަރަކާތުގެ ސަބަބުން ޕްލާސްޓިކް ކުނިން ކަނޑު ތަޣައްޔަރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް އަދި މުޅި ކަނޑުފަޅުގެ ދިރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަކީވެސް އިވެންޓްގެ މަގްސަދެކެވެ.
މިއިވެންޓްގައި މޫދު އަޑީގައި 50 ގަޑިއިރު ހޭދަކުރާ ޝަފްރާޒް ނައީމަކީ ކުރިން ގައުމީ ދިފާއީ ބާރުގައި މަސައްކަތްކޮށްފައިވާ 27 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޑައިވް އިންސްޓްރަކްޓަރެކެވެ.
50 ގަޑިއިރުގެ ޑައިވަށް އޭނާ ކުޑަގިރި ފަރު ސަރަހައްދަށް ފުއްމާލާފައިވަނީ އިއްޔެ މެންދުރުފަހު 03:30 ގައެވެ. ޔުނިކް ސްޕޯޓްސްގެ ފަރާތުން ބުނީ ޝަފްރާޒުގެ ހާލު ރަގަނޅު ކަމަށާއި ޝަފްރާޒްއާއި މުއާސަލާތީ ގޮތުން ގުޅި، ވާހަކަދައްކަމުންދާކަމަށެވެ. އަދި މޫދު އަޑީގައި އޮވެގެން އޭނާ ބޭނުންކުރާނީ ދިޔާ ކާއެއްޗެހިކަމަށް އެ ފަރާތުން ބުންޏެވެ. އޭނާގެ ޓީމުގައި ތަޖުރިބާކާރު ޑައިވަރުން ބައިވެރިވާނެއެވެ.
63 މީޓަރު އަޑީގައި 50 ގަޑިއިރު ހާމަކޮށްފައި ޝަފްރާޒު ފެނުން މައްޗަށް އަރާނީ އާދިއްތަ ދުވަހުގެ ހަވީރު 05:30ގައެވެ.

Good morning world!
— Ocean650 (@Ocean_650) February 26, 2022
Almost 20 hours spent in one of the most beautiful parts of our planet. It would be a shame for us to let it be destroyed by plastic waste, join us in our cause and sign the pledge at https://t.co/cx5LHsHHNs. #oceansixfifty #50yrs50hrs #oneoceanonehome pic.twitter.com/3Zd0qXN4Dn
މިއިވެންޓްގައި މޫދު އަޑީގައި 50 ގަޑިއިރު ހޭދަކުރާ ޝަފްރާޒް ނައީމަކީ ކުރިން ގައުމީ ދިފާއީ ބާރުގައި މަސައްކަތްކޮށްފައިވާ 27 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޑައިވް އިންސްޓްރަކްޓަރެކެވެ.
50 ގަޑިއިރުގެ ޑައިވަށް އޭނާ ކުޑަގިރި ފަރު ސަރަހައްދަށް ފުއްމާލާފައިވަނީ އިއްޔެ މެންދުރުފަހު 03:30 ގައެވެ. ޔުނިކް ސްޕޯޓްސްގެ ފަރާތުން ބުނީ ޝަފްރާޒުގެ ހާލު ރަގަނޅު ކަމަށާއި ޝަފްރާޒްއާއި މުއާސަލާތީ ގޮތުން ގުޅި، ވާހަކަދައްކަމުންދާކަމަށެވެ. އަދި މޫދު އަޑީގައި އޮވެގެން އޭނާ ބޭނުންކުރާނީ ދިޔާ ކާއެއްޗެހިކަމަށް އެ ފަރާތުން ބުންޏެވެ. އޭނާގެ ޓީމުގައި ތަޖުރިބާކާރު ޑައިވަރުން ބައިވެރިވާނެއެވެ.
63 މީޓަރު އަޑީގައި 50 ގަޑިއިރު ހާމަކޮށްފައި ޝަފްރާޒު ފެނުން މައްޗަށް އަރާނީ އާދިއްތަ ދުވަހުގެ ހަވީރު 05:30ގައެވެ.
ކިޔުންތެރިންގެ ހިޔާލު