ފުލުހުން މަގުމަތިން ހުއްޓުވައި ސުވާލުކުރާ ކުޑަކުދިންނާ ގުޅޭ މައްސަލަތައް ޖެންޑަރ މިނިސްޓްރީއަށްވެސް ލިބެންޖެހޭކަމަށް ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގުރާމެއްގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ ފުލުހުން މަގުމަތިން ހުއްޓުވައި ސުވާލުކުރާ ކުޑަކުދިންނާ ގުޅޭ މައްސަލަތައް ޖެންޑަރ މިނިސްޓްރީއަށްވެސް ލިބެންޖެހޭކަމަށެވެ. އަދި އެ މައުލޫމާތުތައް ޖެންޑަރ މިނިސްޓްރީއަށް މިހާރު ލިބެނީ ފުލުހުންގެ މުއައްސަސާގެ ކަމާގުޅުންހުރި ޑިޕާޓްމަންޓަށް ލިބުމަށްފަހުކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެންނަމަވެސް، އެތައް ފަހަރެއްގެ މަތިން އެއް ކުއްޖަކު ފުލުހުން ހުއްޓުވައި ސުވާލުކުރަންޖެހޭއިރު، މިއީ ސަމާލުވާން ޖެހޭ ކަންކަންކަމަށް މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ ވިދާޅުވިއެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް،، އެފްސީޕީޑީން ދާދިފަހުން ވަނީ ޑްރަގް އޮޕަރޭޝަންތަކުގެ މައުލޫމާތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުށުގެ ވެށީގައި އުޅޭ ބައެއް ކުދިންގެ ތަފާސް ހިސާބުތަކެއް ހާމަކޮށްފައެވެ. އެގޮތުން މިދިޔަ 3 އަހަރުގެ ތެރޭގައި އުމުރުން 14 އަހަރުގެ ކުޑަ ކުއްޖަކާ 354 ފަހަރު ސުވާލުކުރެވުނުއިރު، މަސްތުވާތަކެއްޗާ ގުޅުންހުރި 53 މައްސަލައެއް ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޑްރަގް މައްސަލަތަކުގެ އިތުރުން، މީހުން ރަހީނު ކުރުމާއި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި، މާރާމާރީއާއި، ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމާއި، ސްކޫލަށް ގެއްލުންދޭން މަސައްކަތް ކުރުންފަދަ އެތައް މައްސަލައެއް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެެ.
މާލެ ސަރަހައްދުން ކުޑަކުދިންނާގުޅޭ ޑްރަގްގެ މައްސަލަތައް 10،000ށްވުރެ ގިނައިރު އޭގެ ތެރޭގައި ޑްރަގް ބޭނުން ކުރުމާއި، ވިއްކުމާއި، ވިޔަފާރި ކުރުމުގެ އެތައް މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން ގަވާއިދުން ޑްރަގު ކެފޭތަކުން ޚިދުމަތް ލިބިގަންނަ 14 ކުދިންވެސް ފާހަގަވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ޑްރަގް ވިއްކާ ވިޔަފާރީގައި 10 އަހަރުގެ ކުޑަކުދިންވެސް ހިމެނޭކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު