ލާމަރުކަޒީ ނިޒާމާއެކު ރާއްޖެ މިހާރު ދަތުރު ކުރަމުންދަނީ ޖަޒީރާވަންތަ ސިފަތަކާއިއެކު ރަށާއި އަތޮޅުތައް ތަރައްޤީ ވެގެންދާނެ މިސްރާބަކަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ރާއްޖެ ދަތުރުކުރަމުން ދަނީ ލާމަރުކަޒީ ނިޒާމުން އުފާ ފާގަތިކަން ގެނެސްދޭނެ މަންޒިލަކަށް ކަމަށެވެ. ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމަގޮތުގައި ހިންގޭނީ ކައުންސިލްތަކާއި ރައްޔިތުންނާއި، މަދަނީ ޖަމްއިއްޔާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން އެކުގައި މަސައްކަތްކޮށްގެންކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ކައުންސިލްތަކުގެ މަސައްކަތްތަކަށާއި ފޯރުކޮށްދޭ ހިދުމަތްތަކަށް ޤާނޫނުން ގެނެވުނު ބަދަލުތަކާ ގުޅިގެން، ކައުންސިލްތަކުގެ ޕަރފޯމަންސް މިންކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެ ނިޒާމު މުރާޖައާކުރުމުގެ މަސައްކަތް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.
"ކައުންސިލްތަކުގެ ޚިދުމަތް ފަސޭހައިން ލިއްބައިދިނުމަށްޓަކައި "މައި ކައުންސިލް"ގެ ނަމުގައި މޯބައިލް އެޕެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން." ހޯމް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ ކައުންސިލްތަކުގެ ބިންތައް ތަޞައްރަފުކުރުމުގެ ކުރިން ކައުންސިލްތަކުން ތައްޔާރުކުރަންޖެހޭ ބިނާވެށި ޕްލޭންތައް އެއްވެސް ވަރަކަށް ތައްޔާރުކުރެވިފައިނުވާ 43 ރަށެއްގެ ބިނާވެށި ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް، އެ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މާލީ އެހީތެރިކަމާއެކު ކުރެވެމުން އަންނަކަމަށެވެ.
ލާމަރުކަޒީ އުޞޫލުން ހިންގުން ފެށުމަށް 11 އަހަރު ފުރި، 12 ވަނަ އަހަރާ ކުރިމަތިލާއިރު، އެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި އުފައްދާފައިވާ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް ފާއިތުވި އަހަރުތަކުގައި ގެނެސްފައިވާ ކަން އިމްރާން ވަނީ ފާހަގަކުރައްވާފައެވެ. ފާއިތުވި ދައުރުގައި ކައުންސިލަރުންގެ ގޮތުގައި އިންތިޚާބުކުރެވިފައިވަނީ 39 އަންހެން ބޭފުޅުން ކަމުގައި ވިޔަސް، ޤާނޫނަށް ގެނެވުނު ބަދަލާއެކު، ކައުންސިލްތަކުގެ ހިނގަމުންދާ މި ދައުރުގައި، ރަށު އަދި ސިޓީ ކައުންސިލްތަކަށް 388 އަންހެން ބޭފުޅުން އިންތިހާބު ކުރެވިފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.
ލާމަރުކަޒީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު