އެނބޫދޫފަޅުން ހިއްކާފައިވާ ރަށްތަކުގެ ތެރެއިން މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ތަރައްގީކުރަމުންދާ ރަށް މިއަހަރުގެ ފަހުކޮޅު ހުޅުވާ ގޮތަށްނިއްމައިފި އެވެ.
އެނބޫދޫ ފަޅުގައި ކްރޮސްރޯޑްސް ތަރައްގީ ކުރަމުން ގެންދާ ތައިލެންޑުގެ އެސް ހޮޓެލްސް އެންޑް ރިސޯޓްސްއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ މިއަހަރުގެ ފަހު ތިން މަހުގެ ތެރޭގައި އެ ރަށް ހުޅުވާނެ ކަމަށެވެ. އެ ރަށް ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމެއްގައި މިދިޔަ ހަފްތާގެ ތެރޭގައި ޕްލޭނިން މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.
އެނބޫދޫފިނޮޅުގައި ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ރަށެއްގައި ހަދާ ޕިކްނިކް އައިލެންޑް މަޝްރޫއު ސަރުކާރުން އިއުލާންކުރީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ތެރޭގައެވެ.
މާލެ ކައިރީގައި ކުރިން ދަތުރު ދިއުމަށް ހާއްސަކޮށްފައި އޮތް ކުޑަބަނޑޮހަށް އޭރު ދަތުރު ދިޔުމަށް ކޮންމެ މީހަކަށް 10 ރުފިޔާގެ ފީއެއް ނަގައެވެ.
އެނބޫދޫފިނޮޅުގައި ޕިކްނިކް އައިލެންޑް ތަރައްގީކުރުން ލަސްވުމުން ސަރުކާރުން މިހާރު ވަނީ ކ. ކުޑަގިރި ފަޅުން ބައެއް ހިއްކައިގެން އެތަނުގައި ޕިކްނިކް އައިލެންޑެއްގެ މަސައްކަތް ވެސް ފަށާފައެވެ. އެމަސައްކަތް ސަރުކާރުން ހަވާލުކުރި އެމްޓީސީސީއިން ބުނީ ކުރިއަށް އޮތް މާޗް މަހުގެ ތެރޭގައ ކުޑަގިރި ފަޅުގައި ހަދާ ރަށުގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ. މިމަޝްރޫއަކީ ބަޖެޓުން 41.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެެކެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ރަށެއް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު