ޔުކްރެއިނާއި ރަޝިޔާގެ މަޝްރަހު ހޫނުވެ، ޔުކްރެއިނުގެ ވެރިރަށް ހިފުމަށް ރަޝިޔާއިން މަސައްކަތްކުރަމުން ދަނިކޮށް ގްލޯބަލް ޕޭމަންޓް ސިސްޓަމް، ސްވިފްޓުން ރަޝިޔާ ބޭރުކޮށްފިއެވެ.
ސްވިފްޓު، ސޮސައިޓީ ފޯ ވޯލްޑްވައިޑް އިންޓަރބޭންކް ފައިނޭންޝަލް ޓެލެކޮމިއުނިކޭޝަނަކީ ބޭންކުތަކުން ފައިސާގެ މުއާމަލާތްކުރުމަށް ގެންގުޅޭ ހާއްސަ ސެކުއަރ ނެޓްވޯކެކެވެ. 200 އެއްހާ ގައުމުން ބޭނުންކުރާ ސްވިފްޓަކީ ބައިނަލްއަގުވާމީގޮތުން ފައިސާގެ މުއާމަލާތްތައް ކުރުމުގައި އެންމެ އިސްރޯލެއް އަދާ ކުރާ އެއްތަނބެވެ.
ރަޝިޔާގެ 300 އެއްހާ ފައިނޭންޝިއަލް އިންސްޓިޓިއުޓް ހިމެނޭ ސްވިފްޓުން ރަޝިޔާ ބޭރު ކުރުމާއިއެކު ރަޝިޔާއިން ދުނިޔޭގެ އެހެން ގައުމުތަކާއިއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މިއާއެކު އެގައުމުގެ އިގްތިސާދު ބޮޑުތަނުން ދަށަށް ދިއުން އެކަށީގެންވާކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.
މިކަމަށް ރައްދުދީ ރަޝިޔާގެ ފެޑަރަލް ކައުންސިލުގެ ނައިބްރައީސް ނިކޮލައި ޒުރަވްލެވް ވިދާޅުވަނީ ސްވިފްޓު ބޭނުން ކުރާ އެތައް ގައުމެއް ހިމެނޭއިރު، ސްވިފްޓުން ރަޝިޔާ ބޭރުކުރުމަށް އެ ހުރިހާ ގައުމުތަކަކުން އެއްބަސް ވާނެކަމަކަށް ގަބޫލުނުކުރެވޭކަމަށެވެ. އަދި ހާއްސަ ގޮތެއްގައި ސްވިފްޓު މެދުވެރިކޮށް ރަޝިޔާއާއިއެކު ޓްރޭޑް ކުރާ ގައުމުތަކުން މިކަމަށް އެއްބަސް ވާނެކަމަކަށް ނުބެލެވޭކަމަށެވެ. މީގެއިތުރުން ސްވިފްޓުން ރަޝިޔާ ބޭރުކުރުމަށް ސްވިފްޓުގެ ޕާޓްނަރ ހުރިހާ ގައުމުތަކަކުން އެއްބަސް ވާންޖެހޭނެކަމަށްވެސް ރަޝިޔާގެ ފެޑަރަލް ކައުންސިލުގެ ނައިބްރައީސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ސްވިފްޓަކީ ފައިސާގެ މުއާމަލާތްކުރުމަށް އޮތް ހަމައެކަނި ނެޓްވާރކް ނޫންކަމަށްވެސް ނިކޮލައި ޒުރަވްލެވް ފާހަގަކުރައްވާފައިވެއެވެ.
ސްވިފްޓުން ރަޝިޔާ ބޭރުކޮށްފައިވަނީ ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ހަމަލާތައް ދިނުންހުއްޓަން އެދުމުން އެކަން ނުކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު