ސިނަމާލެ ބްރިޖް ސަރަޙައްދަށް ވެލައެއް އަރައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ ޝަފީގް (މޯޑު) މިއަދު ވަނީ މާލެއަށް ވެލާ އަރާ އުޅުނު ވަގުތުގެ ވީޑިއޯއެއް މީސް މީޑިއާގައި ހިއްސާކޮށްފައެވެ. މޯޑުގެ ވީޑިއޯއަށް ކުރި ކޮމެންޓެއްގައި "ބްލޫ ޕީސް އެމްވީން" ބުނެފައިވަނީ ވެލާ ޢާއްމުކޮށް ބިސް އަޅަން އަރަނީ ވެލާ އުފަންވީ ތަނަކަށް ކަމަށެވެ.
ބްލޫ ޕީސް މޯލްޑިވްސް އިން ބުނީ، މިއީ ވަރަށް މަދުން ނޫނީ ނުފެންނާނެ މަންޒަރެއް ކަމަށެވެ. އަދި ވެލާފަދަ ޤުދުރަތީ ދިރުންތަކުގެ ސަލާމަތަށްޓަކައި ގޮނޑުދޮށްތައް ޙިމާޔަތްކުރަންޖެހޭ ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.
މިކަމާ ގުޅޭގޮތުން އީޕީއޭއިން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

Quite rare sighting #Male' #Maldives Female sea turtles comeback to beaches they left to nest when they are mature (20-30 years). Recently similar event got highlighted when a female sea turtle landed on Maafaru Airport runway from sea. Most probably the beach she left as a baby.
— Bluepeace (@bluepeacemv) February 27, 2022
ބްލޫ ޕީސް މޯލްޑިވްސް އިން ބުނީ، މިއީ ވަރަށް މަދުން ނޫނީ ނުފެންނާނެ މަންޒަރެއް ކަމަށެވެ. އަދި ވެލާފަދަ ޤުދުރަތީ ދިރުންތަކުގެ ސަލާމަތަށްޓަކައި ގޮނޑުދޮށްތައް ޙިމާޔަތްކުރަންޖެހޭ ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.
މިކަމާ ގުޅޭގޮތުން އީޕީއޭއިން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު