ގެއްލިގެން ހޯދަމުންދިޔަ ނައިފަރު ޒުވާނާ ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިމަހުގެ 23 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ ޅ. ނައިފަރު ޑޭޒީހިޔާ، އަޙްމަދު ވިއާމް ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.
ފުލުހުން މިއަދު ބުނެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ޅ. ނައިފަރު ޑޭޒީހިޔާ، އަޙްމަދު ވިއާމް (23އ) ފެނިފައިވާކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އިތުރު މަޢުލޫމާތެއް ފުލުހުން ޙިއްސާކޮށްފައެއް ނުވެއެވެ.
ވިއާމް ފެނުނުއިރު ހާލު ރަނގަޅުކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފަހަކަށްއައިސް ޢާއިލާއަށް ޚަބަރެއް ނުވުމުގެ ސަބަބުން ހޯދުމަށް އިޢުލާނުކުރާ މީހުންގެ ނިސްބަތްވަނީ އިތުރުވެފައެވެ.

ގެއްލިގެން ހޯދަމުންދިޔަ ޅ. ނައިފަރު / ޑޭޒީހިޔާ، އަޙްމަދު ވިއާމް (23އ) ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައި. މީހާގެ ހާލު ރަނގަޅު.
— Maldives Police (@PoliceMv) February 27, 2022
ވިއާމް ފެނުނުއިރު ހާލު ރަނގަޅުކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފަހަކަށްއައިސް ޢާއިލާއަށް ޚަބަރެއް ނުވުމުގެ ސަބަބުން ހޯދުމަށް އިޢުލާނުކުރާ މީހުންގެ ނިސްބަތްވަނީ އިތުރުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު