ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މ. ދިއްގަރާއި މަޑުއްވަރި އަދި ރަތްމަންދޫގައި ކުރިއަށް ގެންގޮސްފިއެވެ.
މެރިން ޕޮލިހާއި މ. އަތޮޅު ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ކަނޑުދަތުރުފަތުރު ކުރުމުގެ ގާނުނާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެ ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުމުގައި ފުލުހުންނާއި ކައުންސިލުތަކުގެ ދައުރާއި ޒިންމާތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އޭގެއިތުރުން ކަނޑު އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލަންޖެހޭ ކަންކަމާއި އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، ކަނޑު އުޅަނދު ފަހަރުގައި ސަލާމަތީގޮތުން ފުރިހަމަވެފައި ހުންނަންޖެހޭ ކަންކަމާއި އުޅަނދުގައި ހުންނަންޖެހޭ ތަކެއްޗާއި އެ ތަކެތީގެ ބޭނުންހިފާނެ ގޮތުގެ މައުލޫމާތު އުޅަނދުތަކަށް އަރައި ކެޕްޓަނުންނާ ހިއްސާކޮށްފައިވެއެވެ.
ފެބްރުވަރީ 24 އިން 26 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްތަކުގައި މައުލޫމާތުދެއްވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގެ ބޭފުޅުންނާއި މެރިން ޕޮލިހުގެ ކަމާ ގުޅުންހުރި ތަޖުރިބާލިބިފައިވާ މުވައްޒަފުންނެވެ.
ރަށްރަށުގައި ވަކިވަކީން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގައި، ރަށްރަށުގެ އޮޑިވެރިންނާއި ކެޕްޓަނުންނާ އަދި ރަށު ކައުންސިލުތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު