ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އަޙްމަދު ލަޠީފު ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އަޙްމަދު ލަޠީފު ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާއެކު ޔުކްރެއިނުގައި ދިރިއުޅެމުންދާ ދިވެހި ދަރިވަރުންނަށް ކުރިމަތިވި ބިރުވެރިކަމާއި ހިތްނުތަނަވަސްކަމުގައި އެންމެ ގާތުން ހިތްވަރުދެއްވި އެމްބެސެޑަރ ލަތީފަށް ދިވެހި ދަރިވަރުން ހާއްސަ ޝުކުރެއް ރައްްދުކޮށްފިއެވެ.

ޔުކްރެއިނުގެ އިވަނޯ-ފްރެންކިވްސްކްގައި ދިރިއުޅެމުންދާ ދިވެހި ދަރިވަރުން ހާމަކޮށްފައިވާގޮތުގައި، ޔުކްރެއިނާއި ރަޝިޔާގެ ހަމަނުޖެހުމުގެ ބިރުވެތިކަން ފެށުނު ހިސާބުން އެންމެ ގާތުން ހާލުބަލައި ދިވެހި ސަރުކާރާ އެކުދިންނާ ދެމެދު އޮތް ގުޅުން ގާތްކޮށްދިނުމުގައި އެންމެ އިސްދައުރެއް އަދާކޮށްދިނީ ދިވެހި ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ އަހުމަދު ލަތީފެވެ. އެގޮތުން ކެތްތެރިކަމާއިއެކު ގަވާއިދުން އިވަނޯ-ފްރެންކިވްސްކްގައި ތިބި ދިވެހިންގެ ހާލު ބަލައި، ހާލަތު ގޯސްވި ހިސާބުން އެދަރިވަރުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމަށް އިސްވެހަރަކާތްތެރިވިކަން ދިވެހި ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.

އެކުދިން ވަނީ ލަތީފްގެ އެހީތެރިކަމަށް ފަށްފަށުން ޝުކުރު އަދާކޮށް، ލަތީފަކީ ކަޅުފުސްވިލާގަނޑުގެ ތެރެއިން ލިބުނު އުންމީދީ ހުޅުކޮޅެއްކަމަށް ސިފަކޮށްފައެވެ.



އިވަނޯ-ފްރެންކިވްސްކްގައި ތިބި 15 ދިވެހި ދަރިވަރުން މިހާރު ވަނީ އަވަށްޓެރި ހަންގޭރިއަށް ދަތުރުކޮށްފައެވެ. ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުމުގެ އިންތިޒާމް، ހަންގޭރީ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން ހަމަޖައްސައިދިންކަމަށްޓަކައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދުގެ އިތުރުން ދިވެހި ސަރުކާރަށްވެސް ދިވެހި ދަރިވަރުން ޝުކުރު އަދާކޮށްފައިވެއެވެ.

އަދި ޔުކްރެއިނުން ބުޑަޕެސްޓަށް ދަތުރަށް ފެށި ހިސާބުން، ބުޑަޕެސްޓަށް އެތެރެވެ ހޮޓަލާ ހަމައަށް ދެވެންދެންވެސް ރާއްޖެއިން ހަންގޭރީއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނޮރަނީ ކޮންސިއުލް މުހައްމަދު އަލީ އަދި ހަންގޭރީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނޮރަނީ ކޮންސިއުލް ރާޑޫ މޮރާރްގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަންވެސް ދިވެހި ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.



ހަމަލާތަކުގެ ބިރުވެރިކަމުގެ ތެރެއިންވެސް ދިވެހި ސަރުކާރާއި ދިވެހި ސަރުކާރުގެ ޑިޕްލޮމެޓުންގެ ފަރާތުން ލިބުނު އެހީތެރިކަން މިކުދިން ދަނީ މީސްމީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ހިއްސާކުރަމުންނެވެ. މިއާއެކު، އެކި ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިންނަށް އެހީތެރިކަމަކަށް ބޭނުންޖެހޭ ވަގުތު ދިވެހި ސަރުކާރުން އަދާކުރާ މަސްއޫލިއްޔަތުގެ ބޮޑު މަންޒަރު ދިވެހިންނަށް މިފަހަރު ވަރަށް ސާފުވެގެންގޮސްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް