ހުސައިން ފިރުޝާން
ހުސައިން ފިރުޝާން
ކައުންސިލްތަކުގެ ދައުރު ދިގުކުރުމަކީ ޖޯކެއް ކަމަށާއި، އެކަމަށް ތާޢީދު ނުކުރައްވާ ކަމަށް އެމްޑީޕީގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފިރުޝާން ވިދާޅުވީ، ކައުންސިލްތަކުގެ ދައުރު ދިގު ކުރުމަށް ރައްޔިތުން ބޭނުން ނުވާ ކަމަށާއި، އެހެންކަމުން މި އިސްލާޙާ އޭނާ ސަތޭކަ ޕަސެންޓު ދެކޮޅު ކަމަށެވެ. އެއީ މިހާރުތިބި ކައުންސިލަރުން އެ މަޤާމުތަކުގައި ބޭތިއްބުމަށް ރަށްރަށުގެ ރައްޔިތުން ބޭނުން ނުވާތީ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ 65 މެމްބަރުން މަޖިލީހުގައި ތިބެ ޤާނޫނު އަސާސީ އިސްލާޙުކުރަން ނިންމުމަކީ، އެމްޑީޕީން ޤަބޫލުކުރާ ފަލްސަފާއާއި ދިމާ އިދިކޮޅު ނިންމުމެއް ކަމަށެވެ. އޭނާ ވިދާޅުވީ މި ޙާލަތަކީ އިންތިޚާބު ބޭއްވޭނެ ޙާލަތެއް ނޫންކަމަށްވެސް ޤަބޫލު ކުރަށްވާ ކަމަށާއި، ނަމަވެސް އެލްޖީއޭ މެދުވެރިކޮށްގެންވެސް އެކަމަށް ޙައްލެއް ހޯދޭނެ ކަމަށް ޤަބޫލު ކުރަށްވާ ކަމަށެވެ.

"މިދިޔަ ވެރިކަމުގައި ޤާނޫނު އަސާސީ އަށް އިސްލާޙު ގެނަސް، ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެނަސް އަދި އޭގެ ކުރިން ރިޔާސީ އިންތިޚާބު ދިގުދެންމީމާ، އަޅުގަނޑުމެން މި ޕާޓީގެ މެމްބަރުން، މި ޕާޓީގެ އެކްޓިވިސްޓުން މަގުމައްޗަށް ނިކުމެ ހަޅޭފަޅޭ ޖެހީ. އެވާހަކަތައް އެދުވަހު އެގޮތަށް ދައްކާފާ މިއަދު މި ޑިޒިޝަން ނަގަންވީމާ އަޅުގަނޑަށް މިކަން ހަމަ ބޮޑު ޖޯކަކަށް ވަނީ." ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވީ، އޭނާ އަކީ 2017 ވަނަ އަހަރު ކައުންސިލްގެ ދައުރު ދިގު ދަންމާލުމުން ރައްޔިތުން އެދުނުގޮތަށް ގޮނޑި ދޫކޮށްލުމަށްފަހު ކައުންސިލް ދޫކޮށް ނިކުމެގެން ދިޔަ މީހެއް ކަމަށެވެ. އެހެންކަމުން ކައުންސިލްގެ ދައުރު ދިގު ދެންމުމަކީ އޭރުވެސް މިހާރުވެސް ރައްޔިތުން ބޭނުންވާ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުން އެދުނު ގޮތަށް އޭނާ މަސައްކަތް ކުރަށްވާނެ ކަމަށާއި، އޭރު ޤަބޫލުކުރި އުސޫލެއް މިއަދު ބަދަލުވާން ނުޖެހޭނެ ކަމަށް ވިދާޅުވެ ފިރުޝާން ވިދާޅުވީ، ޤާނޫނު އަސާސީ އިސްލާޙު ކުރުމާ ދެކޮޅު ކަމަށެވެ.

ފިރުޝާން މިހެން ވިދާޅުވެފައިވާއިރު ރޭ ބޭއްވި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި ވަނީ ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް ތްރީ ލައިން ވިޕެއް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު


16

ހުސައިން އިބްރާހީމް

29-May-2020

ޖޯކެއްނޫން މޮދަޑިވަޅަށްވިސްނާ


9

ފިރުޝާންގެ ބަފާ

28-May-2020

ކައުންސިލަރަކަށް ހުރި އިރުވެސް ރައްޔިތުންނަށް ހަރާންކޯރުވެ ގޭގަ ނިދަން ގިނަ ދުވަހުގައި އޮންނަ މީހެއް މި ވާހަކަ މި ދައްކަނީ , ކައުންސިލްގެ ދައުރު އޮތީ މަޖިލީހުން 5 އަހަރަށް އިތުރު ކޮށްފައި އޭރުގައި ދައުރު އިތުރު ކުރަން ނުވަތަ 2 އަންހެން ކަބަލުން ލާން ޝުޕްރީމް ކޯޓުގައި ލަފަޔަަކަށް އެހިތޯ , ރައްޔިތުންގެ ހިޔާލެެއް ހޯދިތޯ



ޓްރެންޑިން