ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ 50 ގަޑިއިރު ކަނޑުއަޑީގައި ޑައިވްކުރުމުގެ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ހަރަކާތުގެ ތެރެއިން މޫދު އަޑީގައި 50 ގަޑިއިރުގެ ޑައިވް ފުރިހަމަކޮށްފައިވަނީ ޑައިވްކުރުމުގެ 27 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޝަފްރާޒް ނައީމެވެ.
މި ޑައިވް ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ޑައިވިންގ އިންޑަސްޓްރީއަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ އިތުރުން، މި ހަރަކާތުގެ ސަބަބުން ޕްލާސްޓިކް ކުނިން ކަނޑު ތަޣައްޔަރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް އަދި މުޅި ކަނޑުފަޅުގެ ދިރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަކީވެސް އިވެންޓްގެ މަގްސަދެކެވެ.
50 ގަޑިއިރުގެ ޑައިވަށް އޭނާ ކުޑަގިރި ފަރު ސަރަހައްދަށް ފުއްމާލާފައިވަނީ ހުކުރުދުވަހުގެ މެންދުރުފަހު 03:30 ގައެވެ. އަދި އޭނާ މިއަދު ފެނުން މައްޗަށް އަރާފައިވަނީ މިއަދު ހަވީރު 5:30 ގައެވެ.
މިހަރަކާތް ކުރިއަށްގެންދިޔަ ޔުނިކް ސްޕޯޓްސްއިން ބުނީ ޝަފްރާޒުގެ ހާލު ރަގަނޅު ކަމަށެވެ. މޫދު އަޑީގައި އޮތްއިރު އޭނާ ބޭނުންކޮށްފައިވަނީ ދިޔާ އެއްޗެއްސެވެ.
6 މީޓަރު އަޑީގައި 50 ގަޑިއިރު ޑައިވް ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މާލެ އަތޮޅު ކުޑަގިރިފަރުގައެވެ.
މި ހަރަކާތް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްވެސް ބައިވެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު