ދިވެހިރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ މެއިން ޕާޓްނަރަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީ ހަމަޖައްސައިިފިއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންއަކީ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއީ އެމެރިކާގެ ކޭ.އެސް.އެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކު އައިޖީއެސްއިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި ޖައްވީ މިޝަންގެ މެއިން ޕާޓްނަރަކަށްވުމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދެވެ. އައިޖީއެސްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން އަދި ސީއީއޯ ރިފްއަތު މުހައްމަދެވެ.

މި މިޝަންގެ ފުރަތަމަ އަމާޒަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަބެލުމުގެ ގޮތުން ހަދާ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓް ކުރުމެވެ. މި ސެޓެލައިޓް ހަދައި، ޓެސްޓުކޮށް ލޯންޗު ކުރަން ހަމަޖެހިފައިވަނީ ދިވެހި ޒުވާން ޓީމަކުންނެވެ.

އެޗް.ޑީ.ސީން ބުނީ، މި ތާރީޚީ މިޝަންގެ މެއިން ޕާޓްނަރަކަށްވުމަކީ އެ ކޯޕަރޭޝަނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް