ރާއްޖޭގައި ޔޫކްރެއިންގެ 300 އަށްވުރެ ގިނަ ފަތުރުވެރިން، ޔޫކްރެއިނަށް އެނބުރި ނުދެވި ތާށިވެފައި އެބަތިބިކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޔޫކްރެއިންގެ ޓޫރިސްޓުން ރާއްޖޭގައި ތާށިވެފައި މިވަނީ ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ފެށިފައިވާ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ ވައިގެ ސަރަހައްދު ކޮމާޝަލް ފްލައިޓްތަކަށް ބަންދުކުރުމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ފަތުރުވެރިންނަށް ހިދުމަތްދޭ ފަރާތްތަކުން އެއްކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ޔޫކްރެއިންގެ 350 ވަރަކަށް ފަތުރުވެރިން އެބަތިބިކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ފުރުން ލަސްވަމުންދާ ފަތުރުވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން ވީޒާގެ މުއްދަތު އިތުރުކޮށްދިނުމާއި އަގުހެޔޮކޮށް ހުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ބުނެއެވެ.
ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ހަނގުރާމައެއް ފެށިފައިވާއިރު އެ ދެ ގައުމަކީވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ދެގައުމެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރުގެ ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމަކީ ރަޝިޔާއެވެ. އެގޮތުން މިދިޔަ އަހަރު 222،422 މީހުން ރަޝިއާއިން އައިސްފައިވެއެވެ. މިއީ އިންޑިއާ މާކެޓު ފިޔަވައި މިދިޔަ އަހަރު އެންމެ ބޮޑު މާކެޓަށްވީއިރު، މިދިޔަ ހަފްތާގެ އަންގާރަ ދުވަހާއި ހަމައަށް 15.6 އިންސައްތައާއެކު އެއްވަނައިގައި މިއަހަރު އޮތީވެސް ރަޝީއާ މާކެޓެވެ.
މިދިޔަ އަހަރުވެސް އަދި މިއަހަރު މިހާތަނަށްވެސް ޔޫކްރެއިން މާކެޓަކީ 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. އެ ޤައުމުން މިދިޔަ އަހަރު އެކަނިވެސް 35،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު