ޖުޑީޝަރީގައި މަސައްކަތްކުރާ އަންހެން ފަނޑިޔާރުންނަށް ވިއެހުމާ ގުޅިގެން 6 މަސްދުވަހުގެ ޗުއްޓީއެއް ދޭ ގޮތަށް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށައެޅުއްވީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ.
އެ ބިލުގައި ބުނެފައިވަނީ ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމަކީ ކޮންމެ ފަނޑިޔާރެއްގެ ޙައްޤެއް ކަމަށެވެ. އެގޮތުން ޗުއްޓީ ދޭނެ ގޮތެއް ކަނޑައަޅައި އަންހެން ފަނޑިޔާރުންނަށް 6 މަސްދުވަސް އަދި ފިރިހެން ފަނޑިޔާރުންނަށް 1 މަސް ދުވަސް ކަމަށް ޗުއްޓީ ދިނުމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
މި ބިލު ކޮމެޓީން ފާސްކުރުމާއެކު ދެން ހުށައަޅަނީ މަޖިލިސްގެ ތަޅުމަށެވެ. ބިލަށް ވޯޓަށް އަހާނީ ކޮމެޓީ ރިޕޯޓަށް މެމްބަރުންގެ މެދުގައި ބަހުސް ކުރުމަށްފަހުއެވެ.
މީގެ ކުރިން ސަރުކާރުންވަނީ ސިވިލްސާވިސް މުވައްޒަފުންނަށް ވިހެއުމުގެ ޗުއްޓީގެ ގޮތުގައި 6 މަސް ދުވަސް ދިނުމަށް ޤާނޫނު އިސްލާހުކޮށްފައެވެ. އަދި އެގޮތަށް ފަނޑިޔާރުންގެ ޤާނޫނަށް ބަދަލު ގެންނަން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމާފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު