އެކްސިޑެންޓްގައި އީމާނަށް އަނިޔާވެފައި: ފޮޓޯ ޝޯޝަލް މީޑިޔާ
އެކްސިޑެންޓްގައި އީމާނަށް އަނިޔާވެފައި: ފޮޓޯ ޝޯޝަލް މީޑިޔާ
ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓި އަނިޔާވެފައިވަނީ މާލޭ ސިޓީ އަންހެނުން ކޮމެޓީގެ މެމްބަރު އާމިނަތު އީމާނަށްކަން އެނގިއްޖެއެެވެ.

ފުލުހުން ބުނީ ހުޅުމާލޭ ކުރެދި ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކު ވެއްޓި އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު 16:25 ހާއިރު އެ ޚިދުމަތަށް ލިބިފައިވާ ކަމަށެވެ. އުމުރުން 29 އަހަރުގެ އެ އަންހެންމީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަައިކަލުން ކަހާލައިގެން ވެއްޓި އަނިޔާވެފައިވަނީ މާލޭ ސިޓީކައުންސިލް އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރު އާމިނަތު އީމާނަށެވެ. އޭނާއަކީ ވިލިމާލެ ދާއިރާގެ އަންހެނުން ކޮމެޓީގެ މެމްބަރެކެެވެ.

އީމާން ސައިކަލުން ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. އެ ވީޑީއޯއިން ފެންނަގޮތުން އޭނާ ވެއްޓިފައި އޮތް ސަރަހައްދުގައި ލޭ ވެސް ހުއްޓެވެ. ބެލެވޭގޮތުގައި އެކްސިޑެންޓްގައި އޭނާގެ ބޮލަށް ވަނީ އަނިޔާވެފައެވެ.

ނަމަވެސް އީމާނަށް ލިބިފައިވާ އަނިޔާތަކާއި ގުޅޭ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް