ޔޫކްރެއިންނާއި ރަޝިޔާއާ ދެމެދު ހިނގާ ހަނގުރާމައިގެ ސަބަބުން ކުރިއަށް އޮތް ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަތުމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖެގެ ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ނިންމަވައިފިއެވެ.

ހިއުމަން ރައިޓްސް ކައުންސިލްގެ 49 ވަނަ ރެގިއުލަރ ސެޝަން އޮންނާނީ މިމަހުގެ 28 އިން އަންމަހުގެ 1 ވަނަ ދުވަހަށެވެ. ދެ ދުވަހުގެ މި ބައްދަލުވުން އޮންނާނީ ސުވިޒަލޭންޑުގެ ވެރިރަށް ޖެނީވާގައެވެ.







އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖެގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫކްރެއިންގައި ހިނގަމުންދާ ކަންކަމުގެ ސަބަބުންނާއި އދގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުންތަކުގައި މުހިއްމު ކަންތައްތަކެއް ހުރުމުން އެމަސައްކަތްތަކަށް ނިއުޔޯކުގައި މަޑުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. އެހެންކަމުން މާދަމާ ޖެނީވާގައި ފަށާ ހިއުމަން ރައިޓްސް ކައުންސިލްގެ 49 ވަނަ ރެގިއުލަރ ސެޝަނަށް އެމަނިކުފާނަށް ބައިވެރިވެވަޑައި ނުގެންނެވޭނެކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް އެ ބައްދަލުވުމަށް ވީޑިއޯ މެސެޖެއް ފޮނުއްވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ހަނގުރާމައެއް ފެށިފައިވާއިރު އދގެ އެކި ގުނަންތަކުން ދަނީ އެކަން ހުއްޓުވޭތޯ ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އަދިވެސް އެކަމަށް އެދިވިގެންވާ ހައްލެއް ނުލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް