މާލޭ ސިޓީގައި އެމްޑީޕީގެ ވަރުގަދަ ސަޕޯޓް ފަނޑުވީ އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ހެދި ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ ސާފު މެޖޯރިޓީ މީގެ ކުރިން ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީއަށް އޮތް ނަމަވެސް އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލުގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމުން ވަނީ ހޯދާފައެވެ.
އެގޮތުން މާލެ ސިޓީން ޕީޕީއެމުން 11 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު އެމްޑީޕީއަށް ލިބިފައި ވަނީ އެންމެ 6 ގޮނޑި އެވެ. މިއީ އެމްޑީޕީއަށް މާލޭ ސިޓީ ކައުންސިލްގެ އަޢުލަބިއްޔަތު ގެއްލުނު ފުރަތަމަ ފަހަރުވެސް މެއެވެ. ކުރިން މާލޭގެ މޭޔަރުކަން އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން ކުރެއްވި ނަމަވެސް މޭޔަރަކަށް މިހާރު ހުންނެވީ އިދިކޮޅު ޕީޕިއެމްގެ ނާއިބް ރައީސް ޑރ. މުހައްމަދު މުއިއްޒެެވެ.
މާލޭގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނު ސަބަބާއި ބެހޭގޮތުން އެމްޑީޕީގެ ކުރީގެ ރައީސް، އިބްރާހިމް އިސްމާއިލް ވިދާޅުވީ މާލޭގައި އޮތް އެމްޑީޕީގެ މެޖޯރިޓީ ގެއްލުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ހެދި ކަމަށެެވެ. މާލޭގެ ރައްޔިތުން ރައީސް ނަޝީދަށް ދިން އިތުބާރު ގެއްލުނީ އެމްޑީޕީއަކީ އެމަނިކުފާނުގެ "ބަދިގެ" އަކަށް ހެދުމުން ކަމަށް އެމްޑީޕީ އުފައްދައި ރާއްޖެއަށް ޑިމްކޮރަސީ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިބްރާ ވިދާޅުވިއެވެ.
އިބްރާ ވަނީ މާލޭގެ މެޖޯރިޓީ ފަނޑުވާން ޖެހުނު ކަމަށް އޭނާ ދެކެވަޑައިގަންނަވާ ސަބަބުތައް ވަރަށް ތަފްސީލްކޮށް ހާމަކުރައްވާފައެވެ. އެގޮތުން އެމްޑީޕީގެ ސާފު މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލް ނުހިގުމާއި ސިޓީކައުންސިލް ތެރޭގައި ކޮރަޕްޝަން ގިނަވުން އޭގެ ތެރޭގައި ހިމެނޭ ކަމަށް އިބްރާ ވިދާޅުވިއެެވެ. އިބްރާ ވިދާޅުވީ ރައީސް ނަޝީދުގެ ނުފޫޒު ބޭނުންކުރައްވައިގެން އެލްޖީއޭއިން ޖަރީމާ ތަކެއް ހިންގި ކަމަށެވެ.
"ސިޓީ ކައުންސިލްގެ ކައުންސިލަރުން މަޖިލީހަށް ގެންގޮސްގެން އަންނި، އާއި އަލީ އާޒިމާއި ހަސަންކޮއާއި އިންތިއާއި އީވާމެން އެމީހުން ބުލީ ކުރުން. ސިޓީ ކައުންސިލްގެ ރިޔާސަތަށް އަންނި އަރައިގެން ޖެހި ސަކަރާތް، ކައުންސިލްގެ ކޮންސަލްޓެންޓޭ ކިޔައިގެން އަންނިގެ މީހުން ލައިގެން ހިންގި ޖަރީމާތައް." އެމްޑީޕީއަށް މާލޭ ސިޓީ ކައުންސިލުން ނާކާމިޔާބީއާއި ކުރިމަތިލާންޖެހުނު ސަބަބުތައް ހާމަކުރައްވަމުން އިބްރާ ވިދާޅުވިއެވެ.
މާލޭގައި އޮތް އެމްޑީޕީގެ ސަޕޯޓް ގެއްލިގެން ދިޔަ މައްސަލައިގައި އެޕާޓީގެ ތެރޭގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން މާލޭގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ނުފުއްދެވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު