އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް، އެޕާޓީގެ މީހުން ވަޒީފާއިން ވަކި ކުރާ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ރައީސް ކަމުން ރައީސް މުޙައްމަދު ނަޝީދުވެޒް ވަކި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙްގެ އަރިހުން އެމަނިކުފާނު މިއަދު އެދިވަޑައިގެންފިއެެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަށް އެމަނިކުފާނު ފޮނުއްވެވި މެސެޖެއްގައެވެ. އެ މެސެޖްގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާ ރައީސުލްޖުމްހޫރިއްޔާ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމަށެވެ.
ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ބަޔާންކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކެވެ.
ރައީސް ސާލިޙަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާއި ދިމާކޮށް އެ ޕާޓީން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ ކަމަށެވެ.
އަދި އެބޭފުޅުން ވަޒީފާއިން ވަކިކުރައްވާނަމަ އެމަނިކުފާނުވެސް ޕާޓީން ވަކި ކުރެއްވުމަށް ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙުގެ އަރިހުން އެދިވަޑައިގެންފައެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން. އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ޕާޓީން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ. ވަކިކުރާ ނަމަ އަޅުގަނޑުވެސް ވަކި ކުރައްވާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދެއްކެވީ ރ. އަތޮޅު ސިއްހީ މަރުކަޒެއްގެ އިސް މަގާމެއްގައި ހުރި އެމްޑީޕީގެ މެންބަރަކު މަގާމުން ވަކިކުރުމާއި ގުޅިގެންނެެވެ. މި މައްސަލާގައި ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕްގައި މެންބަރުން ވަނީ ވާހަކަ ދައްކަވާފައެެވެެ.
ރައީސް ނަޝީދުގެ ކަންބޮޑުވުންތަކާއި ގުޅިގެން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ވިދާޅުވީ އެ މެންބަރު ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ނިންމުމަކީ މާކުރީގެ ނިންމުމެއް ކަަމަށެެވެ. އަދި އެއީ އެމްޑީޕީގެ މެންބަރެއް ނަމަވެސް އެންމެ ފަހުން އޮތް ކައުންސިލް އިންތިހާބުގައިވެސް އެމްޑީޕީއާއެކު އޭނާ މަސައްކަތް ނުކުރާ ކަަމަށް އިސްމާއިލް ވިދާޅުވިއެވެެ.
އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ މެދުގައި މީގެ ކުރިންވެސް ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން މިނިސްޓަރު ފައްޔާޒު މަގާމުން ދުރުކުރުމަށް ކުރެވުނު މަސައްކަތާއި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ދެބޭފުޅުން ތާއީދު ކުރައްވާ މެންބަރުން ތަފާތުވުން ފަދަ އެތައް މައްސަލަތަކެއްގައި ދެ ރައީސުންގެ މެދުގައި ޚިޔާލު ތަފާތުވުންތަށް ހުރިކަން ވަނީ ހާމަވެފައެެވެ.
އެޚިޔާލު ތަފާތުވުންތަކަށްފަހު އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ތަކުގައި ކެންޑިޑޭޓުުން ވެސް ވާދަކުރައްވަނީ ދެބޭފުޅުންނަށް ތާއިދުކުރާ ކެންޑިޑޭޓުން ވަކިންނެވެެ. އޭގެފަހުން ބޭއްވި އެތެރޭގެ އިންތިޚާބުތަކުގެ މެޖޯރިޓީ ހޯދަމުން އައިސްފައި ވަނީވެސް ރައީސް ސާލިޙަށް ތާއިދު ކުރާ ފެކްޝަނުން ވާދަކުރާ މެންބަރުންނެވެެ.
މިހާރު ފެންނަމުން މިދަނީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ދެ ފެކްޝަންގެ މެދުގައި އޮތް ވާދަވެރިކަމެވެ. އޭޕްރީލް 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ، އިންތި އެވެ. އިންތި ވާދަކުރަށްވަނީ ރައީސް ނަޝީދުގެ ތާއީދާއެކުއެވެ. ފައްޔާޒު ނުކުންނަވަނީ ރައީސް ޞާލިހުގެ ފަޅިންނެވެ.

ކިޔުންތެރިންގެ ހިޔާލު