ވެރިކަންކުރާ މައި ޕާޓީ އަދި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިޚާބުގައި ޑެޕިއުޓީ ލީޑަރުކަަމަށް ވާދަކުރަށްވައި ވޯޓް އެއްވަރުވި ދެ ބޭފުޅުންގެ މެދުގައި ބާއްވާ ވޯޓްލުން ފަސްކޮށްފިއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިންތިހާބުގައި ޑެޕިއުޓީ ޕީޖީގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކުރަންޖެހޭއިރު، 3 ބޭފުޅަކު އެ މަގާމަށް ވާދަކުރެއްވިއެވެ. އެއީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ)، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އެވެ.
މީ ބޭފުޅުންގެ ތެރެއިން ބިގޭ ވަނީ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް އިންތިހާބުވެފައެވެ. ނަމަވެސް އިލްޔާހާއި އަނދުން ހުސައިންގެ ވޯޓް އެއްވަރުވުމުން، ޑެޕިއުޓީ ޕީޖީ ލީޑަރުގެ އެއް ގޮނޑި އަދި އޮތީ ހުހަށެވެ.
އެމްޑީޕީން ކުރިން ބުނީ ޕީޖީ ޑެޕިއުޓީ ލީޑަރުކަމުގެ މަގާމަށް ތިރީސް ހަތަރު ވޯޓުން އެއްވަރުވި ދެ ކެނޑިޑޭޓުންގެ މެދުގައި މާދަމާ ވޯޓްލުން އޮންނާނެކަމަށެވެ. ނަމަވެސް އެމްޑީޕީން މިއަދު ބުނީ އިލްޔާސް ލަބީބާއި އަނދުން ހުސައިންގެ ކުރިމަތިލުމުގެ ވޯޓުލުން އޮންނާނީ 7 މާރޗް 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ.
އިންތިހާބު ފާސްކުރި ސަބަބެއް އެމްޑީޕީން ހާމައެއް ނުކުރެއެވެ.
ޖުމުލަ 65 މެންބަރުން ތިއްބަވާ އެމްޑީޕީ ޕީޖީ ގްރޫޕްގެ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ކުރިއަށް ގެންދިޔަ އިންތިޚާބުގައި ޕީޖީ ލީޑަރުގެ މަޤާމަށް އިންތިހާބުވެވަޑައިގަތީ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އޭނާއާ ވާދަކުރެއްވީ މިހާރުވެސް އެ މަޤާމުގައި ހުންނެވި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އަސްލަމަށް 40 ވޯޓު ލިބިވަޑައިގެންނެވިއިރު އާޒިމަށް ލިބިވަޑައިގަތީ 25 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު