އަހުމަދު މަސްނޫމް   28 ފެބްރުއަރީ 2022 - 3:24
ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑް ބަލީގައި ނިޔާވީ ހދ. މަކުނުދޫ ސިއްހީ މަރުކަޒަށް ގެނައި މީހެއްކަމަށެވެ. އަދި ނިޔާވެފައި ވަނީ އުމުރުން 87 އަހަރުގެ މީހެއްކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 297 ވަނަ މީހާއެވެ.

ކޯވިޑްގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން އިއްޔެ ވަނީ 517 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.



އިއްޔެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 63 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 454 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 44 މީހުންނާއި، އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 382 މީހަކު ހިމެނެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 169،148 އަށް އަރާފައެވެ. މިހާރު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 15،211 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް