އަސްލު އެމްޑީޕީ ކިޔަނީ ވަކި ގަބީލާގެ ބަޔަކަށްތޯ ވިދާޅުވެ ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ސުވާލު ކުރައްވައިފިއެވެ.

ޒައިދު މިމޭރުމުން ސުވާލު ކުރަށްވާފައި މިވަނީ އެމްޑީޕީގައި ވަކި އާއިލާއެއްގެ ބާރު ގަދަކޮށް ވަކިހިއްޕާލާފައިވާކަމަށް ދޭހަވާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޚިޔާލު ތަފާތު މީހުންނަށް ޕާޓީގެ ތެރެއިން ބޮޑެތި ފިއްތުންތައް ކުރިމަތިވެ ބައެއް ބޭފުޅުން ވަނީ ޕާޓީން ވެސް ވަކިކޮށްފައެވެ. އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ ނުފޫޒު އޮންނަ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެެވެ.



އަންނަ އޭޕްރީލް މަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވާދަވެރިކަމާއި ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި އައްޝައިހް އަލީ ޒައިދު ވަނީ އަސްލު އެމްޑީޕީ އަކީ ވަކި ގަބީލާގެ ބަޔެއްތޯ ސުވާލު ކުރައްވާފައެވެ. އެގޮތަށް ސުވާލު އުފެދެނީ ފެންނަ މަންޒަރުތަކުންނާއި އިވޭ އަޑުތަކުން ކަމަށް ޝައިހް ޒައިދު ވިދާޅުވިއެވެ.



އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭން ފޯރި ވަނީ ވަރަށް ގަދަވެފައެވެ. އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އެތެރޭގެ އިންތިޚާބާއި ދިމާކޮށް އެމްޑީޕީގެ ބައެއް މެމްބަރުން ވަޒީފާއިން ވަކިކުރާ ކަމަށް ތުހުމަތުކޮށް ރައީސް ޞާލިޙަށް ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާއި ދިމާކޮށް އެ ޕާޓީން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ ކަމަށެވެ. އަދި އެބޭފުޅުން ވަޒީފާއިން ވަކިކުރައްވާނަމަ އެމަނިކުފާނުވެސް ޕާޓީން ވަކި ކުރެއްވުމަށް ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙުގެ އަރިހުން އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ މެދުގައި މީގެ ކުރިންވެސް ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އޭޕްރީލް 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ، އިންތި އެވެ. އިންތި ވާދަކުރަށްވަނީ ރައީސް ނަޝީދުގެ ތާއީދާއެކުއެވެ. ފައްޔާޒު ނުކުންނަވަނީ ރައީސް ޞާލިހުގެ ފަޅިންނެވެ.



ކިޔުންތެރިންގެ ހިޔާލު


9

ނުރަބޯ

02-Mar-2022

އެހެން ރަގަޅު. އެއީ ވަކި ގަބީލާއެއްގެ ގޮތުގައި ޙަރަކާތްތެރިވާ ބައެއްކަން އެނގޭ ވާހަކައެއް ބުނެލާނަން “ އަޅުގަނޑުގެ ޕާޓީގެ މީހަކު އަޅުގަނޑު ކައިރީ ކަމަކު ބުނެފި ނަމަ އަޅުގަނޑު އެކަމެއް ކޮށްދޭނަން. އެހެން ޕާޓީއެއްގެ މީހަކު އަޅުގަޑަށް އުނދަގޫ ކޮށްފިނަމަ އެމީހަކަށް އަޅުގަނޑުގެ ހުރި ނުލަފާކަން ރީތިކޮށް ފެނިގެން ދާނެ”.



ފަހުގެ ލިޔުންތައް