ނޮޅާ ކާލިއަސް އެމްޑީޕީއަށް ޚިދުމަތް ނުކޮށްދޭ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެކަމަނާއަށް ފާޑުކިޔާ ފަރާތްތަކަށް ރައްދުދެއްވައިފިއެވެ.
އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އަންހެނުން ގޮފީގެ ރައީސް ކަމަށް ވާދަކުރަށްވާ އެއްބޭފުޅަކީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެ އުފެއްދެވި ޑީއާރުޕީގެ ތެރެއިން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި ރޮޒައިނާ އެމްޑީޕީގެ އަންހެނުން ގޮފީގެ ރައީސް ކަމަށް ކުރިމަތިލެއްވުމުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން އަންނަނީ ރޮޒައިނާއަށް ފާޑުކިޔަމުންނެވެ. އެކަމަނާއަށް އެފަދަ ފާޑުކިއުންތައް ބޮޑަށް އަމާޒު ވަނީ ސިޔާސީ ވާދަވެރިކަން ދެކަފިވެ ދެފަޅިއަށް ބެހިފައިވާ އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ކަމަށް ބެލެވެއެވެ.
އެމްޑީޕީގެ އެކްޓިވިސްޓުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އޭނާ ނޮޅާ ކަތިލައިގެން ކާލިއަސް ވޭތުވެ ދިޔަ އަށް އަހަރުގެ ތެރޭގައި އެމްޑީޕީއަށް ޚިދުމަތް ނުކޮށްދޭ ކަމަކަށް ނުވާނެ ކަމަށެވެ. އަދި ޕާޓީގެ ގިނަ މެމްބަރުން މިއަދު އެކަން ބަލައިގަންނަ މަންޒަރު ފެންނަމުންދާ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ޒާތީ ވެގެން އުޅޭ ބަޔަކު ވަރަށް ސާފު ކަމަށާއި އެމްޑީޕީގެ އަސާސީ ގަވާއިދުގައި އޮތް އެއްޗެއް ބުނުމުން އޭނާ ވެސް ގޯސްވީ ކަމަށެވެ.
ރޮޒައިނާ މީގެ ކުރިން ވިދާޅުވީ އޭނާއަށް އަންހެނުންގެ ރޫހުގެ ރައީސް ކަމަށް އަންނަން ފުރުސަތު ލިބިއްޖެ ނަމަ ސިޔާސީ ފުރުސަތުތަކަކީ ވަކި އާއިލާއަކަށް ނުވަތަ ވަކި ރަށަކަށް ކަނޑައެޅިފައި އޮންނަ އެއްޗަކަށް ވެގެން ނުދާނެ ކަމަށެވެ. ރައީސް ނަޝީދަށް ތާއިދު ކުރާ ފަރާތްތަކުގެ ފާޑުކިޔުން ރޮޒައިނާއަށް އަމާޒުވީ އެ ވާހަކަތަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.
"އަޅުގަނޑު ނޮޅާ ކަތިލައިގެން ކާލިއަސް މިދިޔަ އަށް އަހަރު ދުވަހު އަޅުގަނޑު ވެސް މި ޕާޓީއަށް ޚިދުމަތެއް ނުކޮށްދޭ ކަމަކަށް ނުވާނެ." އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ކުރީގެ ޗީފް ވިޕް ރޮޒައިނާ ވިދާޅުވިއެެވެ.

Party ge asaasee gavaidhuga oi ehcheh buneema ves eba goasvey! Zaathee vegen ulhey baeh v saafu! Alhugandu nolhaa kathilaigen kaaliyas midhiya 8 aharu alhuganduves mi party ah khidhumatheh nukohdhey kamakah nuvaane. Adhi party ge gina membarun ekan balaigannakan miadhu eba feney. pic.twitter.com/Qx5vd04LOx
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) February 27, 2022
"އަޅުގަނޑު ނޮޅާ ކަތިލައިގެން ކާލިއަސް މިދިޔަ އަށް އަހަރު ދުވަހު އަޅުގަނޑު ވެސް މި ޕާޓީއަށް ޚިދުމަތެއް ނުކޮށްދޭ ކަމަކަށް ނުވާނެ." އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ކުރީގެ ޗީފް ވިޕް ރޮޒައިނާ ވިދާޅުވިއެެވެ.
ކިޔުންތެރިންގެ ހިޔާލު