މަޖިލީހުގެ ކޮމެޓީއެއް ކުރިއަށްދަނީ
މަޖިލީހުގެ ކޮމެޓީއެއް ކުރިއަށްދަނީ
އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެންބަރުކަމަށް އައްޔަން ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ނަންތައް ދިރާސާކުރަން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދީ، ގާނޫނީ ހުސްކަމެއްގެ ތެރޭގައި އެކޮމިޝަން އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ރައީސް ސާލިޙު ވަނީ އެކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ.

އެބޭފުޅުންނަކީ އާދަމް ޝާމިލް، އަބްދުއްސަލާމް، ތާހާ މުހައްމަދު، ޝަޒްނާ ހާޝިމް، އަދި ޝިޔާމާ މުހައްމަދެވެ.

އޭސީސީއަށް އައްޔަން ކުރުމަށް ރައީސަށް ފެނިވަޑައިގެންނެވި ފަސް ނަމުގެ އިތުރުން، ދެން އެ މަގާމަށް އެދި ކުރިމަތިލީ ބޭފުޅުންގެ ނަންތައް ވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ. އޭސީސީގެ ކުރީގެ މެމްބަރުން ކޮމިޝަނުން ވަކިކުރަން މަސައްކަތްފެށީ އޮޑިޓް އޮފީހުން ހެދި، އެ ކޮމިޝަނުގެ މަސައްކަތާ ގުޅޭ ޕާފޯމަންސް އޮޑިޓް ރިޕޯޓަށް ބެލުމަށްފަހުއެެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙް ވަނީ އޭސީސީއަށް މެންބަރުން އައްޔަން ކުރުން އަވަސް ކޮށްދެއްވުމަށް މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެެވެ. ރައީސް ސޯލިހް ވިދާޅުވީ އޭސީސީއަށް އާ މެންބަރުން އައްޔަން ކުރެވުމާއެކު، ދަައުލަތުގެ މުދަލާ ފައިސާއަށް ޚިޔާނާތްތެރިވުމާއި ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރަމުން އަންނަ އެސެޓް ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާރްސީގެ މައްސަލައިގައި ހޯދައިފައިވާ ކަންކަން ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެ މައްސަލައިގައި ކުރަން ޖެހޭ ހުރިހާ ތަހުގީގެއް ކުރަމުން ގެންދާނީ އޭސީސީން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް