ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ބަދަލުކުރުމަށް ނިންމައި އެކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ހުށައަޅައިފިއެވެ.
މެނޭޖިން ޑިރެކްޓަރުން ބަދަލުކުރާ ބައެއް ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯއާއި ވެމްކޯ ހިމެނެއެވެ. އެގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސަން ސަރުކާރުން ހުށައަޅާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފެވެ. އެ މަގާމުގައި މިހާރު ހުންނެވި ހަސަން މުޣުނީ، އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީއަށް ބަދަލު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭނާ އަކީ ޖުމުހޫރީ ޕާޓީގެ ސޮލެޓެއްގައި އެ މަގާމުގައި ހުންނަވާ ބޭފުޅެކެެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އާދަމް މުހައްމަދު ބަދަލުކުރަނީ ޕޯސްޓް އޮފީހަށް ކަމަށް މައުލޫމާތު ލިބެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް މިހާ ބޮޑު ބަދަލެއް ކުއްލިއަކަށް ގެންނަ ސަބަބެއް ސަރުކާރުން އަދި ނުބުނެއެެވެ. އެކަމަކު މި ހަފުތާގެ ތެރޭގައި މި ބަދަލުތައް ގެންނަން ސަރުކާރުން ވަނީ ނިންމާފައެެވެ.

ކިޔުންތެރިންގެ ހިޔާލު