އިހަވަންދިއްޕޮޅުގައި ބޮޑެތި އާގު ބޯޓު ފަހަރަށް ހިދުމަތް ދޭނެ ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފަައްޔާޒު މިހެން ވިދާޅުވީ އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ހިދުމަތް ދެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް އެދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ގުޅިގެން އިގްތިސޯދީ ކޮމިޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ޕޯޓްގެ މަސައްކަތް ކުރުމަށް ހިސާބުތަކެއް ހެދުމަށްފަހު އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވަނީ ދިގު މުއްދަތެއްގައި ކުރިއަށް ގެންދާ މަޝްރޫއެއްގެ ގޮތުގައި ކަމަށާއި އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ތަރައްގީކުރަން ވިސްނަނީ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ޖޮއިންޓް ވެންޗާއެއްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރާއި، ބަންކަރިން ސާވިސްއާއި، ސެކިއުރިޓީ ސާވިސަސްއާއި، ރިއަލް އެސްޓޭޓް ޓޫރިޒަމްގެ އިތުރުން ކުރީގެ ޕްލޭންތައް ވެސް ލައިގެން ތަރައްގީކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.



މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓުގެ ބައެއް ޝިޕިން ކުންފުނިތަކާ ހިއްސާވާ ގޮތަށް އެ މަސައްކަތް ކޮށްފިނަމަ ބަނދަރުން ފައިދާ ލިބިދާނެ ކަމަށެވެ. އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ބައެއް ހިދުމަތްތަކާއި ކްރޫ ޗޭން އަދި ސެކިއުރިޓީ ކްލިއަރެންސްގެ ހިދުމަތްތަކެއް ދިނުމަށް ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނައުމަށް ކަމާބެހޭ އިދާރާތަކާއި ގުޅިގެން މަޝްވަރާތައް ކުރަމުންދާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުގައި އެމެރިކާގެ ބޮސްޓަން ކޮންސަލްޓަންސީ ގްރޫޕަކުން ހަދާފައި އޮތް ދިރާސާ އަކުން ދައްކާގޮތުން މި ޕްރޮޖެކްޓަކީ ވައިބަލް- ވިޔަފާރީގެ ގޮތުން ދެކޮޅު ޖެހޭނެ- ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން މި ސަރުކާރުން ވެސް ދިރާސާއެއް ހަދާފައިވާނެ ކަމަށާއި އެ ދިރާސާ އިން ދައްކާ ގޮތުގައި ވެސް އެއީ ވިޔަފާރީގެ ނަޒަރަކުން ކުރެވޭވަރުގެ ކަމެއް ނޫން ކަމަށް ދައްކާފައިވާ ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.

"ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އަވަށްޓެރި ގައުމުތަކުގައި އެ ހިދުމަތައް ގާއިމްކޮށްފައިވާތީ ރާއްޖެއަށް ކޮމާޝަލީ އިންވެސްޓަރަކު އައިސް 600 އެއްހާ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްގެން މަސައްކަތް ކުރުމަށް ކޮމާޝަލް ލެވެލެއްގައި ފީސަބަލްއެއް ނޫން." މިނިސްޓަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް