އަހުމަދު މަސްނޫމް   28 ފެބްރުއަރީ 2022 - 22:43
މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް ގދ. ވާދޫ، ޕެރިސް، ލުއައްޔު ސަޢީދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ލުއައްޔު ސަޢީދު މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރުކަމާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީގެ އިންޓަރނަލް އޮޑިޓް އެގްޒެކެޓިވްކަމާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ އޮޑިޓަރުކަމުގެ މަޤާމު އޭނާ ފުރުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ލުއައްޔު ސަޢީދު ވަނީ އޮސްކްފޮޑް ބްރޫކްސް ޔުނިވަރސިޓީން 2013 ވަނަ އަހަރު ބެޗެލަރ އޮފް ސައިންސް އޮނަރސް އިން އެޕްލައިޑް އެކައުންޓިންގ ހާޞިލްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް