އަހުމަދު މަސްނޫމް   28 ފެބްރުއަރީ 2022 - 23:22
ހުޅުމާލޭގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މާލެ ސިޓީ ވިލިމާލެ ދާއިރާގެ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާން ނިޔާވިކަމަށް ބުނެ ފެތުރި ވާހަކަތައް އޭޑީކޭ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

އޭޭޑީކޭއިން މިހެން ބުނެފައިވާއިރު، މިއަދު ހެނދުނުން ފެށިގެން ރާއްޖޭގެ މީޑިއާތަކުން ދިޔައީ އީމާން ނިޔާވެއްޖެކަމަށް ބުނެ ހަބަރުތައް ފަތުރަމުންނެވެ. މީޑިއާތަކުން އޭރު ހަބަރު ގެނެސްފައިވަނީ ސިޓީ ކައުންސިލްގެ އޮފިޝަލުންނާއި އާއިލާގެ ބައެއް މީހުންނާއި ހަވާލާދީއެވެ.

ނަމަވެސް މީޑިއާތަކަށް މައުލޫމާތުދެއްވަމުން އޭޑީކޭ ހޮސްޕިޓަލުން ބުނީ އީމާން މަރުވިކަމަށް ޑޮކްޓަރުން އަދި ނުނިންމާކަަމަށެވެ. އަދި އީމާން އަދިވެސް އޮތީ ވެންޓިލޭޓަރުގައިކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ހުޅުމާލެ ކުރެދިމާ ހިނގުމުން ސައިކަލުގައި ދުއްވާފައި ދަނިކޮށް، އީމާން ކައްސާލައިގެން ވެއްޓުނީ ބްރޭކަރެއްގެ މަތިންނެވެ. އޭޑީކޭގައި އޭނާއަށް ފަރުވާދޭން ފެށީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް