ރާއްޖެއަކީ މިނިވަން ޤައުމެއް ކަމަށާއި، ދިވެހިން އެހެން ބަޔަކަށް ދައްކަންޖެހޭ ކުއްޔެއް ނޯންނާނެ ކަމަށް މާވަށުދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޤާނޫނު އަސާސީއަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވީ، މިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއް ކަމަށާއި، މި ރާއްޖެ އިތުރު އެހެން އެއްވެސް ބައެއްގެ ފައިދަށަށް ވެއްޓި ސަލާން ޖަހަން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން މިރާއްޖެއަށް ހެވެއް އެދޭނަމަ ރައީސް ޔާމީން މިނިވަން ކުރުމަށް ސަޢީދު ގޮވާލެއްވިއެވެ.
"އަޅުގަނޑުމެންގެ ތާރީޚުގެ ޞަފްޙާތައް އުކާލީމަ ފެނޭތޯ އެހެން ބަޔަކަށް ކުލި ދައްކައިގެން އަޅުގަނޑުމެން އުޅެން ޖެހޭ ޙާލަތެއް އޮތްކަން. ނޯންނާނެ. އަޅުގަނޑުމެން މިތާ މި އުޅެނީ މުސްތަޤިއްލު މިނިވަން އަމިއްލަ ޤައުމަކަށް ވާތީ. އަޅުގަނޑުމެން ދައްކަންޖެހޭ ކުއްޔެއް ދައްކަންޖެހޭ ދަރަންޏެއް އޮތިއްޔާ އެ ދަރަނި ދައްކާނީ. ދައްކަންޖެހޭ ކުއްޔެއް ނޯންނާނެ އިއްޒަތްތެރި ރައީސް." ސަޢީދު ވިދާޅުވިޢެވެ.
ރައީސް އިބްރާހިމް ނާސިރު ބޭރުގެ ބާރުގަދަ ބައެއްގެ އަތްދަށުން ޤައުމު ސަލާމަތްކޮށް އަމިއްލަ މުސްތަޤިއްލު މިނިވަން ވިޔަފާރީގެ ޤައުމަކަށް ހެދީ އެހެންވެގެން ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި ރައީސް ނާސިރުގެ އެ އުސޫލު އަނބުރާ އިޔާދަކުރީ ރައީސް ޢަބްދުﷲ ޔާމީން ކަމަށާއި، އެހެން ކަމުން އެ ޙަޤީޤަތް ޤަބޫލުކޮށް ސަޢީދު ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައްވާފައެވެ.
ސައީދު ވިދާޅުވީ "މިއަދު ދިވެހި ތާރީޚު އެނބުރި މިދުވަސް ބަލާއިރު، އިއްޒަތްތެރި ރައީސްގެ ތި މަސައްކަތް ފާހަގަ ކުރާނެ. މި މަޖިލިސް މިތަނަށް ޖަމާކުރީ މި ދަޢުލަތް ހުއްޓިފަ އޮއްވާ. އަޅުގަނޑު މިއަދު އާދޭސް މިކުރަނީ ގުޅިފައިއޮތް މުޅިދަޢުލަތް އެކުގަ ފިރުމާލާ އަތުގުޅާލާ ކުރަންޖެހޭ ވެރިކަމެއް ކުރަން ޖެހޭ ވަގުތެއްމީ. ރައީސް ޔާމީނަށް ދެމުންދާ އަނިޔާ ހުއްޓާލާ މިއަދުން މިއަދަށް މިނިވަން ކުރަން ޖެހޭ،" ކަމަށެވެ.
ސަޢީދު ވިދާޅުވީ މިއަދު ރާއްޖޭގައި ހަމައެކަނި ވެރިއަކަށް އޮތީ ވެރިކަމެއް ކަމަށާއި، އެއީ ރަހަނުލާ އަޑުނީވޭ ވެރިކަމެއް ކަމަށެވެ.
ސަޢީދު ވިދާޅުވީ ވެންޓިލޭޓަރުތަކެއް ގެއްލުނީމާ ތަދުވާ ކަމަށާއި، އަދި އެއްބިލިއަން ރުފިޔާ ގެއްލުމުންވެސް ތަދުވާ ކަމަށެވެ. މިއީ އިސްލާޙު ކުރަން އައި ސަރުކާރެއް ކަމަށާއި، ނަމަވެސް އެ މަންޒަރު ނުފެންނަކަމަށް ވިދާޅުވެ ސަޢީދު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު