މިހާރު ހަނގުރާމަ ހިނގަމުންދާ ޔޫކްރެއިނުން ނުނިކުމެވިފައި ތިބި ދިވެހިންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ނިންމަވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގައި ތިބި ދިވެހިންނަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ޔޫކްރެއިންގައި ތަކެތީގެ އަގުބޮޑުވަމުން ދިއުމާއި ގުޅިގެން އެ ޤައުމުގައި ތިބި ދިވެހިންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ކިއޭވް ކައިރި ސަރަޙައްދެއްގައި ދިރިއުޅެމުން އަންނަ ދިވެހި 3 އާއިލާއަކުން އެޤައުމުގެ ހުޅަނގު ބޯޑަރ ސަރަޙައްދަށް ދިޔުމަށް އަމިއްލައަށް އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށެވެ. އަދި އެ ޤައުމުގައި ބާކީ ތިބި ދިވެހި ދަރިވަރުންގެ ހާލަތު ގާތުން ބަލަމުން އަންނަކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ ބެލަރުސްގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން އެނބުރި ރާއްޖެއަށް އަންނަން ބޭނުންވާ ދަރިވަރުންނަށްވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.
ޔުކްރެއިންގެ އިވަނޯ-ފްރެންކިވްސްކްގައި ތިބި ދިވެހިންގެ ތެރެއިން ހަންގޭރީއަށް ގެންދިޔަ 15 ދިވެހިން މިހާރު ވަނީ މާލެ އައިސްފައެވެ. ޔޫކްރެއިންގެ އިތުރުން އެ ސަރަހައްދުގެ އެހެން ޤައުމުތަކުގައި ތިބި ދިވެހިންގެ މަޢުލޫމާތު އެއްކޮށް، އެމީހުންނަށްވެސް ބޭނުންވާ އެހީތެރިކަންފޯރުކޮށްދީ އެމީހުންގެ ހާލަތުވެސް އަންނަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު