އަހުމަދު މަސްނޫމް   1 މާރިޗު 2022 - 0:59
ޔޫކްރެއިންގެ އިވާނޯ ފްރެންކްވިސްކްގައި ކިޔަވަމުން ދިޔަ 15 ދިވެހި ދަރިވަރަކު މާލެ އަތުވެއްޖެއެވެ.

އެކުދިން މާލެ އައިސްފައިވަނީ މިއަދު މެންދުރުފަހު ރާއްޖެ ގަޑިން 3:10 ހާއިރުއެވެ.



ޔޫކްރައިންގައި ކިޔަވަން ތިބި ދަރިވަރުން އަނބުރާ ރާއްޖެއަށް އައުމުގެ މަސައްކަތް ކުރަމުންދިޔައީ ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެނެވެ. އެ ދަރިވަރުން ރައްކާތެރި ހިސާބަށް ގެންދިޔުމަށްޓަކައި ދިވެހި ސަރުކާރާއި ޚާރިޖިއްޔާގެ އިތުރަށް ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީން ކެނޑި ނޭޅި ކުރި މަސައްކަތުން އެ ދަރިވަރުން މިދިޔަ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 11:30 ހާއިރު އިވަނޯ-ފްރެންކިވްސްކްގެ ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް ވަނީ ގޮސްފައެވެ. އަދި މިމަހުގެ 27 ވަނަ ދުވަހު ހަންގޭރީން ފުރައިގެން ދުބާއީގައި 10 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރުމަށްފަހު އެ ދަރިވަރުން މާލެ އައިސްފައިވަނީ މިއަދު ހަވީރު 15:10 ހާއިރުގައެވެ.

ދަރިވަރުން ބުނީ ރައްކާތެރިކަމާއެކު ރާއްޖެ އާދެވުމުން ވަރަށް ހިތްހަމަޖެހޭކަމަށެވެ. އަދި އެ ދަރިވަރުން ވަނީ ރާއްޖެއަށް އައުމާ ހަމައަށް ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް