މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ, އެމްޑީޕީގެ ޗެއަރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރު އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކޮށް، ޝަކުވާއަށް ހުޅުވާލައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ, އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 16 ވަނަ ދުވައެވެ.

އެމްޑީޕީން ވަނީ ވޯޓުލާ މީހުންގެ ލިސްޓާއި ބެހޭ ޝަކުވާ ހުށަހެޅުމަށް އެދޭ ފަރާތްތަކުން ޝަކުވާގެ ތަފްސީލާއެކު އައިޑީ ކާޑުގެ ކޮޕީއެއް އީމެއިލް ކުރެއްވުމަށް އެދިފައެވެ. އަދި ޝަކުވާ ހުށަހެޅުއްވުމުގެ ސުންގަޑިއަކީ އަންނަމަހުގެ 10 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00 އާހަމަށް ކަމުގައި އެމްޑީޕީން ބުނެއެވެ.



އެމްޑީޕީގެ މިފަހަރުގެ އިންތިޚާބުތަކުގެ ތެރެއިން އެންމެ ފޯރިގަދަ ވެފައިވަނީ ޗެއަޕާސަންގެ އިންތިޚާބެވެ. މިއިންތިޚާބުގައި ވާދަކުރަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ. އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރަށްވަނީ މެމްބަރު ރޮޒައިނާ އާދަމްއާއި ޝަފާތު އަހުމަދެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޗެއަރޕާސަންގެ އިންތިޚާބާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބާއްވާއިރު އެޕާޓީގެ ކޮންގްރެސް އޯގަސްޓް މަހުގެ 4ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް