ޑިޕްލޮމަސީއާއި މަޝްވަރާގެ މޭޒުދޮށަށް ފުރިހަމައަށް ރުޖޫޢަވުމަށް އދގެ އާއްމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ޔޫކްރެއިނާއި ގުޅޭގޮތުން އދގެ އާންމު މަޖްލީހުގައި ބޭއްވި ކުއްލި ޚާއްޞަ ޖަލްސާގައި ދެއްވި ތަޤްރީރުގައެވެ.
މި ތަޤްރީރުގައި ޝާހިދު ވިދާޅުވީ ޔޫކްރެއިންގެ ހާލަތު ވަރަށް ބާރުމިނުގައި ގޯސްވަމުން ދާތީ، ޔޫކްރެއިންގައި ހިނގަމުންދާ އަސްކަރީ ހަރަކާތްތަކާއި މެދު ނުހަނު ކަންބޮޑުވާކަމަށެވެ. އަދި ރަޝިޔާ ފެޑެރޭޝަނުން ދިން އަސްކަރީ ޙަމަލާއަކީ ޔޫކްރެއިންގެ ސަރަޙައްދީ ހަމަޖެހުމާއި އިސްތިޤްލާލަށް އަރައިގަތުން ކަމަށާއި، އަދި އެއީ އ.ދ.ގެ ޗާޓަރާ ޚިލާފު ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.
"މިހާރުން މިހާރަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ކުރިން ގޮވާލާފައިވާ ގޮވާލަން. އަދި ހުރިހާ ފަރާތްތަކަކުންވެސް ވީހާވެސް ބޮޑަކަށް ހަނގުރާމައާއި ދިމާލަށް ނުދިޔުމަށް ގޮވާލައްވާލަން.، ޑިޕްލޮމަސީއާއި މަޝްވަރާގެ މޭޒުދޮށަށް ފުރިހަމައަށް ރުޖޫޢަވުމަށް އަޅުގަނޑު ގޮވާލަން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އދގެ ޗާޓަރުގައި ހިމެނޭ "ޞުލްޙައަށް އެއްބައިވަންތަކަން" މި ނަމުގައިވާ ޤަރާރުގައި ލާޒިމުކޮށްފައިވާ، ޢާންމު މަޖިލީހުގެ 11 ވަނަ ކުއްލި ޚާއްޞަ ޖަލްސާ ބޭއްވުމަކީ، ޞުލްޙައާއި ސަލާމަތާއި ގުޅުންހުރި ކަންކަމުގައި ޚިދުމަތްކުރާ، ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް، މަސައްކަތްކުރާ ތަނެއްކަން ކަށަވަރުކުރުމަށް އ.ދ.ގެ ލީޑަރޝިޕަށް ލިބޭ އާ ފުރުޞަތެއްކަމަށެވެ.
ޝާހިދު ވިދާޅުވީ މި ހަނގުރާމާގައި އަތުލައިގަނެވުނު އަންހެނުންނާއި، ކުޑަކުދިންނާއި، ފިރިހެނުންގެ ފަރާތުން އެމީހުންގެ ހައްގުގައި މަސައްކަތްކުރުމީ ކޮންމެހެން މުހިންމު ކަމެއްކަމަށެވެ. އަދި މި ޙާލަތުން އަރައިގަތުމަށް، ލިބެންހުރި ހުރިހާ ޗެނަލްތަކެއްގެ ބޭނުން ހިފައި ހާލަތު ގޯސްވިޔަ ނުދީ ހިފަހައްޓައި، ނުތަނަވަސްކަން ފިލުވާލައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އ.ދ.ގެ ޗާޓަރުގެ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޞުލްޙަވެރި ޙައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ދެކޭކަމަށް ޝާހިދު ވިދާޅުުވިއެވެ.
"ސެންޓްރަލް އިމަރޖެންސީ ރެސްޕޮންސް ފަންޑުން 20 މިލިއަން ޑޮލަރު ޔޫކްރެއިންގައި އުފެދިފައިވާ އިންސާނީ ކާރިސާއަށް ޚާއްޞަ ކުރައްވާނެ ކަމަށް، ހުކުރު ދުވަހު ސެކްރެޓަރީ ޖެނެރަލް އިޢްލާނު ކުރެއްވި އިޢްލާނަށް އަޅުގަނޑު މަރްޙަބާ ކިޔަން. މަދަނީ އާބާދީތަކަށް، ޚާއްސަކޮށް އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އެނޫންވެސް ނާޒުކު ގިންތިތަކުގެ މީހުން ހިމެނޭހެން އިންސާނިއްޔަތަށް ލިބޭ ގެއްލުންތައް ފޫނުބެއްދޭހާ ބޮޑުކަމަށް ދަންނަވަން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ހަނގުރާމައަކުން ކާމިޔާބު ލިބޭނެ ހަމަ އެންމެ ބަޔަކުވެސް ނުތިބޭނެކަމަށާއި ނަމަވެސް ގުނާ އަދަދު ނުކުރެވޭހާ ގިނަ ދިރިއުޅުން ހަނގުރާމައިން ފަނާވެގެން ދާނެކަމާއިމެދު ޝައްކެއް ނެތްކަމަށެވެ. އެހެންކަމުން، އިންސާނިއްޔަތަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަދި އެހީ ފޯރުވުމަށް ފުރުޞަތު ލިބޭނޭކަން ޔަގީންކޮށްދޭން އެބަޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު، ލަސްނުކޮށް އެކުލަވާލެވުނު އ.ދ.ގެ ޗާޓަރަކީ، ޤައުމުތަކަށް ލިބޭ، މިނިވަންކަމާއި، އިސްތިޤްލާލާއި ހަމަހަމަކަމުގެ އުޞޫލުގެ މައްޗަށް ބިނާވެފައިވާ ޗާޓަރެއްކަމަށެވެ. އަދި އެއީ ބިރުދެއްކުމުން އެކަހެރިވެ، ބާރުގެ ބޭނުން ނުކޮށް، މެންބަރު ޤައުމުތަކުގެ މެދުގައި ދިމާވާ ބައިނަލްއަޤުވާމީ މައްސަލަތައް ޞުލްޙަވެރިކަމާއެކު ޙައްލުކުރާ ދުނިޔެއެއް ބިނާކުރުމަށް ފަރުމާކުރެވިފައިވާ ޗާޓަރެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
"މިހާރު ކުރިއަށްދާ އަސްކަރީ ޙަމަލާތަކަކީ އެއާއި އެއްގޮތް ކަމެއް އޭގައި އެއްވެސް ވަރަކަށް ނުހިމެނޭ، އެއާއި ޚިލާފަށް ހިނގާ ޙަމަލާތަކެއްކަން ފާހަގަ ކޮށްލަން. އެއީ މި ޖަމްޢިއްޔާގެ ފައުންޑަރުންނަށާއި، އަދި މި ޖަމްޢިއްޔާގެ ފަރާތުން ނަގަހައްޓާ ހަމަތަކަށް ދެވޭ ނިކަމެތި ރައްދެއް! އާދެ! މި ހަމަލާތައް ހުއްޓުމަކަށް އަންނަން ޖެހޭ! ހިއުމެނިޓޭރިއަން ލޯ އާއި އިންޓަނޭޝަނަލް ހިއުމެނިޓޭރިއަން ލޯ އަށް އިހުތިރާމް ކުރަން ޖެހޭ! އަދި ޑިޕްލޮމަސީއާއި މަޝްވަރާކުރުން ދަމަހައްޓަންޖެހޭކަން ފާހަގަކޮށްލަން!" " ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އ.ދ.ގެ ބިންގާ އެޅީ، ބައިނަލްއަޤްވާމީ ޞުލްޙައާއި، ސަލާމަތްތެރިކަން ދެމެހެއްޓުމަށްކަން ހަނދާންކޮށްދޭން އެބަޖެހޭކަމަށެވެ. އަދި
އެކަމަށްޓަކައި، ސުލްހައަށް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިވުމަށާއި، އެކަމުން ސަލާމަތްވުމަށް ޓަކައި އެންމެން ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަންވެސް ހަނދާން ކޮށްދޭންޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އދގެ 193 މެމްބަރު ގައުމު ހިމެނޭ ޖެނެރަލް އެސެމްބްލީއަކީ އިންސާނިއްޔަތުގެ ޖުމްލަ އިހްސާސް ރަމްޒުކޮށްދޭ މަޖިލީހެއްކަމަށެވެ. އަދި އެ އެސެމްބްލީގެ ހަރުދަނާކަން ބިނާވެފައިވަނީ، އެ އެސެމްބްލީގެ ހެޔޮ އުސޫލުތަކާއި އޭގެ މައްޗަށް ތަރުތީބުވެފައިވާ ހަމަތަކުގެ މައްޗަށްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު