އެމްޑީޕީގެ ޗެއާޕާސަންކަމަށް ބޭފުޅަކު އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު ރޯދައިގެ ކުރިން ނޫނީ ރޯދައިގެ ފަހުން ބޭއްވުމަށް އެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ހުށަހަޅުއްވައިފިއެވެ.
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ, އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 16 ވަނަ ދުވައެވެ. ރޯދަމަސް އޭޕްރީލްމަހުގެ 2 ވަނަ ދުވަހު ފަށާއިރު، އެމްޑީޕީގެ އިންތިހާބު ދިމާވަނީ ރޯދައިގެ މެދުތެރެއަށެވެ.
ފައްޔާޒުގެ ކެމްޕެއިން ޓީމުން ބުނީ، އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ޕާޓީގެ ކަމާއި ބެހޭ ފަރާތްތަކުން ބޭއްވި ބައްދަލުވުމުގައި ރޯދައިގެ ކުރިން ނޫނީ ފަހުން އިންތިހާބު ބާއްވައިދޭން ފައްޔާޒު އެދިވަޑައިގެންނެވިކަމަށެވެ. އަދި މިގޮތަށް އެދިވަޑައިގަތީ އިންތިހާބު ރޯދަމަހާއި ދިމާވާނަމަ ވޯޓްލާ މީހުންނަށްވެސް ކެމްޕެއިން ކުރާ މީހުންނަށްވެސް ދަތިތަކެއް ކުރިމަތިވާނެތީކަމަށްވެސް ފައްޔާޒުގެ ކެމްޕެއިން ޓީމުން ބުނެއެވެ.
ރޯދައާ ދިމާ ނުވާގޮތަކަށް އިންތިހާބު ތާވަލުކުރަން ފައްޔާޒު ހުށަހަޅުއްވާފައިވާއިރު އެކަމާއި މެދު ގޮތެއް ނިންމޭނީ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައިގެެނެވެ.
ފައްޔާޒުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ. ދެ ބޭފުޅުން ވެސް ފޯރިގަދަ ކެމްޕޭނެއް ކުރައްވަމުން ގެންދަވާއިރު، އިންތިހާބުގެ ވާދަވެރިކަންވެސް ވަރަށް ބޮޑުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު