މިއަދު ބޭއްވި ރައްޔިތުންގެ މަޖިިިލީިސް ޖަލްސާ
މިއަދު ބޭއްވި ރައްޔިތުންގެ މަޖިިިލީިސް ޖަލްސާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިރޭ ވެސް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލެއްވެމުގެ ކުރިން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިރޭ ޖަލްސާ ފަށާނީ 21:00 ގައި ކަމަށެވެ. މިރޭ ކުރިއަށް ގެންދާނީ މަޖިލީހުގައި މިހާރު ކުރިޔަށް ގެންދާ އަންނަ މަހުގެ ތިންވަނަ ދުވަހު ދައުރު ހަމަވާން އުޅޭ ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ސަރުކާރުން ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގެ ނުނިމި އޮތްބައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އިސްލާހަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އެގޮތުން ބައެއް މެންބަރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ވިދާޅުވެފައިވާއިރު ދެން ތިއްބެވި މެމްބަރުން ވިދާޅުވެފައިވަނީ މިވަގުތު މިނޫން ގޮތެއް ނެތް ކަމަށެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވަނީ، މިބިލް ފާސްކުރުމަށް ހުރިހާ މެމްބަރުން ވޯޓު ދެއްވަން ޖެހޭނެކަމަށެވެ. އެގޮތަށް ނިންމާފައި ވަނިކޮށް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާއި، މަޑަވެލީ ދާއިރާގެ މެމްބަރު ޙުސައިން ފިރުޝާން މިއަދު ވަނީ ޕާޓީގެ ވިޕްލައިނާ އެއްގޮތަށް ވޯޓު ނުދޭނެކަމަށް ވިދާޅުވެފައެވެ.

ގާނޫނުއަސާސީ އަށް މިފަދަ އިސްލާހެއް ހުށަހަޅާފައިވާއިރު މީގެކުރިން އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް ވެސް ވަނީ މަސައްކަތްތަކެއް ކުރެވިފައެވެ. ނަމަވެސް ބަންޑާރަ ނާއިބު އަދި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ މަޖިލީހަށް ލަފާ ދެއްވާފައެވެ.

ޤާނޫނު އަސާސީ އިސްލާޙުކުރުމުގެ މައްސަލާގައި ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދުމަށް ރައްޔިތުންގެ މަޖިލީހުން އަންނަނީ ތައްޔާރުވަމުންނެވެ. އަދި އެފަދަ ލަފައެއް ހޯދުމަށް އެދޭ ޤަރާރު ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ހުށައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން