އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު
ބޮޑުވީ މަސްދަޅުގެ އަގުނޫން ކަމަށާއި ބޮޑުވީ މަސްވެރިންގެ އަތުން މަސްގަންނަ އަގު ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު މިއަދު ވިދާޅުވީ މަސްވެރިން އަތުން މިފްކޯއަށް މަސް ގަންނަ އަގު 17 ރުފިޔާ އަށް މިއަދުން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ. އަދި އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރުމަށްފަހު މިފްކޯގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކޮށްފައިވާ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

މިފްކޯއިން ވިއްކާ މަސްދަޅުގެ އަގު ބޮޑުވެފައިވާކަމަށްބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އަމްރު ވިދާޅުވީ ބޮޑުވީ މަސް ގަންނަ އަގުކަމަށާއި މަސްދަޅުގެ އަގު ނޫން ކަމަށެވެ.

"ނޫން. މަސްދަޅެއް ނޫން ބޮޑުވީ. ބޮޑުވީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު." އަމްރު ވިދާޅުވިއެވެ.

އޭގެ އިތުރުން އަމްރު ވިދާޅުވީ މިފްކޯގެ އުފެއްދުންތަކަށް އިތުރު މާކެޓް ހޯދައި ސަޕްލައި ކުރާ މިންވަރުވެސް އިތުރުކޮށްފައިވާ ކަމަށެވެ.

"މިފްކޯގެ ހިންގުން ހަރުދަނާ ކުރެވި ޚަރަދުތައްވެސް ވަނީ ކުޑަކުރެވިފަ. ބޭރުގެ މާކެޓްތައް ހޯދި ދަޅުމަސް ބޭރުކުރެވޭ އަދަދު ވެސް ވަނީ އިތުރުކުރެވިފަ." އަމްރު ވިދާޅުވިއެވެ.



މިފްކޯއިން ބުނީ މިއަދުން ފެށިގެން މަސްވެރިން ބާނާ މަހުގެ ތެރެއިން 1.5 ކިލޯއިން މަތީގެ އައިސް އެޅި މަސް ގަންނާނީ ކިލޯއެއް 17ރ. އަށް ކަމަށެވެ. އަދި އެ ކެޓަގަރީގެ، އައިސް ނާޅާ މަސް ގަންނާނީ ކިލޯއެއް 15ރ. އަށެވެ. މީގެ އިތުރުން 1.5 ކިލޯއިން ދަށުގެ، އައިސް އެޅި މަސް ކިލޯއެއް ނުވަ ރުފިޔާއަށް ގަންނަން ނިންމާފައިވާއިރު އެ ކެޓަގަރީގެ އައިސް ނާޅާ މަސް ގަންނަން ނިންމާފައިވަނީ ކިލޯއެއް ހަތް ރުފިޔާ އަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން