ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި އެސްޓީއޯއިން ފިއުލް ޓެސްޓިންގް ލެބޯރަޓަރީއެއް ހުޅުވައިފިއެވެ.
އެސްޓީއޯއިން ހުޅުވި މިލެބޯޓްރީގެ ސަބަބުން ރާއްޖެ އެތެރެކުރެވޭ ތެޔޮ ވަގުތުން ޓެސްޓުކުރުމަށް މަގުފަހިވެ، މިހާރު ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ. ހާއްސަގޮތެއްގައި އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރި-ޓެސްޓުކުރުމަށްޓަކައި، ރާއްޖެއިން ބޭރަށް ސާމްޕަލްތައް ފޮނުވުން ނިމުމަކަށް ގެނެވޭނެއެވެ.
މީގެ އިތުރުން، މިލެބޯޓަރީއިން ރާއްޖެ އެތެރެކުރާ ޕެޓްރޯލާއި ޑީސަލްގެ ކީ ޕެރަމީޓަރސްތައް ވެސް ޓެސްޓް ކުރެވޭނެއެވެ.
މިލެބޯޓްރީ އޮޕަރޭޓް ކުރާނީ ޕްރޮޑަކްޓް ޓެސްޓިންގްގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިންނެވެ. އެގޮތުން ކޮލިޓީ ޓެސްޓިންގައި އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން ހަރަދުކޮށްގެން ހުޅުވާފައިވާ މިލެބޯޓްރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލް އީސްޓްގެ ފަރާތުންނެވެ.
އެސް.ޓީ.އޯ އިން ބުނީ މި ލެބޯޓަރީ ހުޅުވުމާއި އެކު، ޖީ.ސީ.ސީ އެކްރެޑިޓޭޝަން ސެންޓަރ (ޖީ.އޭ.ސީ) އިން މި ލެބޯޓަރީ އަށް އައި.އެސް.އޯ އަދި އައި.އީ.ސީ 17025:2017 އެކްރެޑިޓޭޝަން ލިބިގެންދާނެކަމަށެވެ. އެހެންކަމުން މި ލެބޯޓްރީ ވެގެންދާނީ ރާއްޖޭގައި ހުޅުވޭ ދުނިޔޭގެ ފެންވަރުގައި ތެޔޮ ޓެސްޓް ކުރާ ތަނެއްކަމަށާއި މި ލެބޯޓަރީ އިން ދޫކުރާ ޓެސްޓް ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ތަނަކުންވެސް ބަލައިގަންނާނެ ކަމަށެވެ.
މިއަދު ހުޅުވި މި ލެބޯޓްރީ އަކީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ގާއިމް ކުރެވިފައިވާ ލެބޯޓްރީއެކެވެ. އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި މިލެބޯޓްރީ އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ޗެއާމަން ހާމިދު ނަޝީދު މުހައްމަދުއާއި އެމްޑީ ހުސެއިން އަމްރުއެވެ.
މިފަދަ ލެބޯޓަރީއެއް އެސްޓީއޯއިން ހަރަދުކޮށްގެން ރާއްޖޭގައި ހުޅުވުމަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު