އޭވިއޭޝަން ދާއިރާއަކީ ބައިނަލްއަޤްވާމީ އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާ ފުޅާވުމުގެ ފަހަތުގައިވާ އަސާސީއެއް ތަނބުކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ތޮއްޔިބް މިހެން ވިދާޅުވީ ދުބާއީގައި ކުރިއަށްދާ 9 ވަނަ އެރަބް އޭވިއޭޝަން ސަމިޓްގެ ތެރެއިން ކުރިއަށް ދިޔަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕެނަލްގައި ވާހަކަ ދައްކަވަމުން ތޮއްޔިބް ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރަކީ މުޅި ދުނިޔޭގެ ހާލަތު ބަދަލުކޮށްލި ދެ އަހަރު ކަމަށާއި، ހާއްސަކޮށް ފަތުރުވެރިކަމާއި، އޭވިއޭޝަންގެ ދާއިރާއަށް ބޮޑު ބަދަލުތަކެއް މި ދެ އަހަރު ތެރޭގައި އައިސްފައިވާކަމަށެވެ. އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާއަކީ ވޭތުވެދިޔަ ދެ އަހަރު އެންމެ ބޮޑަށް އަސަރުކުރި ދެ ދާއިރާކަން ފާހަގަކުރައްވަމުން ތޮއްޔިބް ވިދާޅުވީ ބައިނަލްއަޤްވާމީ ފެންވަރުގައި މިކަމުން އަރައިގަތުމަށް ކުރެވުނު ބުރަ މަސައްކަތްތަކުގެ ސަބަބުން މިހާރު މިދާއިރާތައް ކުރީގެ ހާލަތަށް އިޔާދަވަމުންދާކަމަށެވެ.
އޭވިއޭޝަން ދާއިރާއަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަން ކުރިއަރާ ފުޅާވުމުގެ ފަހަތުގައިވާ އެއް އަސާސީ ދާއިރާކަމުގައި ފާހަގަކުރައްވައި ވާހަކަ ދައްކަވަމުން ތޮއްޔިބް ވިދާޅުވީ ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން ގާތުން މަސައްކަތް ކުރަންޖެހޭކަމަށެވެ. ތޮއްޔިބް ވިދާޅުވީ ޢާލަމީ ވަބާގެ ފުރަތަމަ ކޮޅު އެމްއެމްޕީއާރުސީގެ އަމާޒަކަށްވީ ބައިނަލްއަޤްވާމީ އެއަރލައިންތަކާއެކު އޮތް ގުޅުން ދަމަހައްޓާ އިތުރަށް ބަދަހި ކުރުމަށް ކަމަށެވެ. އަދި މިއަދު ރާއްޖެއަށް ޖުމްލަ 35 ބައިނަލްއަޤްވާމީ އެއަރލައިނެއް އޮޕަރޭޓްކުރަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
ޢާލަމީ ވަބާގެ ދުވަސްތަކުގައި ދުނިޔޭގެ އެކި މަންޒިލްތަކުން ފަތުރުވެރިންގެ މެދުގައި މަޤުބޫލުކަން ދެމެހެއްޓުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބް ވިދާޅުވީ ކޮންމެ މަންޒިލަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ގޮތުގައި އަޅާ، ޤުދުރަތީ ގޮތުން ލިބިފައިވާ ތަފާތު ފީޗަރތައް ބޭނުންކޮށް އެމަންޒިލަކީ ފަތުރުވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ތަނަކަށް ހަދަން ޖެހޭކަމަށެވެ. އަދި ރާއްޖެއިން މިކަން ކުރިގޮތަށް އަލިއަޅުއްވާލައްވާ ތޮއްޔިބް ވިދާޅުވީ ރާއްޖެއިން މަސައްކަތް ކުރީ ޤުދުރަތީ ގޮތުން ރާއްޖޭގެ ޖަޒީރާ ރަށްތައް އުފެދިފައިވާ ގޮތް ޕްރޮމޯޓުކޮށް، ވަން އައިލެންޑް ވަން ރިޒޯޓް ކޮންސެޕްޓްގެ ސަބަބުން ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށްކަމަށެވެ.
ފަތުރުވެރިކަމުގެ އައު އާންމު ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ތޮއްޔިބް ވިދާޅުވީ މިހާރުވެސް ދުނިޔެ މިއޮތީ އައު އާންމު ހާލަތެއްގައިކަމަށާއި، ޕެންޑަމިކްގެ ކޮންމެ ފޭސްއެއްގައި ތަފާތު އާންމު ހާލަތަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. އަދި، ދިރިއުޅުމައިގެން ކުރިއަށް ދިއުން މުހިންމުކަމަށާއި 2020 ވަނަ އަހަރުގެ ކުރިން ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ މާކެޓް އޮތް ގޮތަށް އަލުން އިޔާދަ ވާނެކަމަށް އުންމީދުކުރަން ނުވާނެކަމަށް ތޮއްޔިބް ވިދާޅުވިއެވެ. އަދި އައު ނޯމަލްއަށް ވިސްނަައިގެން އެ ހާލަތަކާ ގުޅޭގޮތަށް ބަދަލުތައް ގެންނަމުންދިއުން މުހިއްމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ތޮއްޔިބް ވިދާޅުވީ މެދުއިރުމައްޗަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބާރު ދުވެލީގައި ކުރިއަރަމުން އަންނަ މާކެޓެއްކަމަށާއި، މިއީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މައި ހަބެއް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މެދުއިރުމަތީގެ މައި އެއަރލައިންތައް އޮޕަރޭޓްކުރާކަން ތޮއްޔިބް ފާހަގަކުރެއްވިއެވެ. މިގޮތުން އެމިރޭޓްސް އެއަރލައިންސް، ގަތަރު އެއަރވޭސް، ފްލައި ދުބާއީ، އެތިހާދް އެއަރވޭސް އަދި ގަލްފް އެއަރ ކޮންމެ ހަފްތާއަކު ރާއްޖެއަށް ގިނަ ދަތުރުތައް ކުރާކަމަށެވެ.
އަރަބި ސަރުކާރުތަކުން އެންޑޯޒް ކޮށްފައިވާ އެރަބް އޭވިއޭޝަން ސަމިޓް 2022 އަކީ ރަސް އަލް ހައިމާ ޓޫރިޒަމް ޑިވެލޮޕްމަންޓު އޮތޯރިޓީއާ ގުޅިގެން ބާއްވާ ސަމިޓެކެވެ. މިއީ އެއަރބަސް، ސީއެފްއެމް، އެއަރ އެރެބިއާ، އަލްފާ އޭވިއޭޝަން އެކަޑަމީ، ރަސް އަލް ހައިމާ އެއަރޕޯޓުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ސަމިޓެކެވެ. މިއީ މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބޭ ހަރަކާތެކެވެ.
ޖީސީސީ މާކެޓުގެ ޤައުމުތަކަށް ބަލާއިރު، ސައުދީ އަކީ 39،178 ފަތުރުވެރިންނާއެކު ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރާ މާކެޓެވެ. މުޅި މެދުއިރުމަށްޗަށް ބަލާނަމަ 2021 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 7.0 އިންސައްތަ ހިއްސާކުރީ މި މާކެޓުގެ ޤައުމުތަކުންނެވެ. މި ސަރަހައްދުގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، މަންޒިލްގެ މަޤުބޫލުކަން ދެމެހެއްޓުމުގެ މަޤްސަދުގައި އެމްއެމްޕީއާރުސީއިން ދަނީ މި ޤައުމުތަކަށް އަމާޒުކޮށް ގިނަ މާކެޓިން ހަރަކާތްތަކެއް ބާއްވަމުންނެވެ. މިގޮތުން މިއަހަރު ބޭއްވުމަށް ނުވަތަ ބައިވެރިވުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި އެރަބިއަން ޓްރެވަލް މާކެޓް 2022، އައިއެލްޓީއެމް އަރަބިއާ 2022، ރިޔާދް ޓްރެވަލް ފެއަރ 2022 ހިމެނެއެވެ. މީގެއިތުރުން ދުބާއީގައި މޯލްޑިވްސް ރޯޑްޝޯއެއް ބޭއްވުމުގެ އިތުރުން ފޭމިލިއަރައިޒޭޝަން ދަތުރުތަކާއި، އެމިރޭޓްސް ފަދަ ތަންތަނާއެކު ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މާކެޓިން ކެމްޕެއިންތައް ހިމެނެއެވެ.

CEO & MD of Visit Maldives, Thoyyib Mohamed talks about Tourism in Maldives at the 09th @aaviationsummit #WorldsLeadingDestination2021 #Maldives #VisitMaldives #SunnySideOfLife pic.twitter.com/3aGkYSwJTR
— Visit Maldives (@visitmaldives) March 1, 2022
ފަތުރުވެރިކަމުގެ އައު އާންމު ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ތޮއްޔިބް ވިދާޅުވީ މިހާރުވެސް ދުނިޔެ މިއޮތީ އައު އާންމު ހާލަތެއްގައިކަމަށާއި، ޕެންޑަމިކްގެ ކޮންމެ ފޭސްއެއްގައި ތަފާތު އާންމު ހާލަތަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. އަދި، ދިރިއުޅުމައިގެން ކުރިއަށް ދިއުން މުހިންމުކަމަށާއި 2020 ވަނަ އަހަރުގެ ކުރިން ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ މާކެޓް އޮތް ގޮތަށް އަލުން އިޔާދަ ވާނެކަމަށް އުންމީދުކުރަން ނުވާނެކަމަށް ތޮއްޔިބް ވިދާޅުވިއެވެ. އަދި އައު ނޯމަލްއަށް ވިސްނަައިގެން އެ ހާލަތަކާ ގުޅޭގޮތަށް ބަދަލުތައް ގެންނަމުންދިއުން މުހިއްމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ތޮއްޔިބް ވިދާޅުވީ މެދުއިރުމައްޗަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބާރު ދުވެލީގައި ކުރިއަރަމުން އަންނަ މާކެޓެއްކަމަށާއި، މިއީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މައި ހަބެއް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މެދުއިރުމަތީގެ މައި އެއަރލައިންތައް އޮޕަރޭޓްކުރާކަން ތޮއްޔިބް ފާހަގަކުރެއްވިއެވެ. މިގޮތުން އެމިރޭޓްސް އެއަރލައިންސް، ގަތަރު އެއަރވޭސް، ފްލައި ދުބާއީ، އެތިހާދް އެއަރވޭސް އަދި ގަލްފް އެއަރ ކޮންމެ ހަފްތާއަކު ރާއްޖެއަށް ގިނަ ދަތުރުތައް ކުރާކަމަށެވެ.
އަރަބި ސަރުކާރުތަކުން އެންޑޯޒް ކޮށްފައިވާ އެރަބް އޭވިއޭޝަން ސަމިޓް 2022 އަކީ ރަސް އަލް ހައިމާ ޓޫރިޒަމް ޑިވެލޮޕްމަންޓު އޮތޯރިޓީއާ ގުޅިގެން ބާއްވާ ސަމިޓެކެވެ. މިއީ އެއަރބަސް، ސީއެފްއެމް، އެއަރ އެރެބިއާ، އަލްފާ އޭވިއޭޝަން އެކަޑަމީ، ރަސް އަލް ހައިމާ އެއަރޕޯޓުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ސަމިޓެކެވެ. މިއީ މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބޭ ހަރަކާތެކެވެ.
ޖީސީސީ މާކެޓުގެ ޤައުމުތަކަށް ބަލާއިރު، ސައުދީ އަކީ 39،178 ފަތުރުވެރިންނާއެކު ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރާ މާކެޓެވެ. މުޅި މެދުއިރުމަށްޗަށް ބަލާނަމަ 2021 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 7.0 އިންސައްތަ ހިއްސާކުރީ މި މާކެޓުގެ ޤައުމުތަކުންނެވެ. މި ސަރަހައްދުގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، މަންޒިލްގެ މަޤުބޫލުކަން ދެމެހެއްޓުމުގެ މަޤްސަދުގައި އެމްއެމްޕީއާރުސީއިން ދަނީ މި ޤައުމުތަކަށް އަމާޒުކޮށް ގިނަ މާކެޓިން ހަރަކާތްތަކެއް ބާއްވަމުންނެވެ. މިގޮތުން މިއަހަރު ބޭއްވުމަށް ނުވަތަ ބައިވެރިވުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި އެރަބިއަން ޓްރެވަލް މާކެޓް 2022، އައިއެލްޓީއެމް އަރަބިއާ 2022، ރިޔާދް ޓްރެވަލް ފެއަރ 2022 ހިމެނެއެވެ. މީގެއިތުރުން ދުބާއީގައި މޯލްޑިވްސް ރޯޑްޝޯއެއް ބޭއްވުމުގެ އިތުރުން ފޭމިލިއަރައިޒޭޝަން ދަތުރުތަކާއި، އެމިރޭޓްސް ފަދަ ތަންތަނާއެކު ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މާކެޓިން ކެމްޕެއިންތައް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު