އަހުމަދު މަސްނޫމް   1 މާރިޗު 2022 - 19:52
މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަހުމަދު މަހުލޫފްގެ މައްޗަށް އުފުލި ރިޝްވަތު ހިފުމުގެ ދައުވާކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި، އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

މަހްލޫފްގެ މައްޗަށް މި ދައުވާ އުފުލީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު، ޕީޕީއެމްގެ ވެރިކަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު މަހްލޫފް ނެންގެވިކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލީ އެއީ މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައެޅުމަށްފަހުއެވެ. އަދި ދައުލަތުން ހުށައެޅި ހެކިތަކަކީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ހުރި ހެކިތަކެއް ނޫންކަމަށްވެސް ކޯޓުން ކަނޑައެޅުއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް