ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ކުންފުންޏާބެހޭ ޤާނޫނުގެ ބަދަލުގައި އައު ޤާނޫނެއް އެކުލަވާލައި، ރައީސް އޮފީހަށް ފޮނުއްވައިފިއެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ކުންފުންޏާބެހޭ ޤާނޫނަކީ 1996 ވަނަ އަހަރު އެކުލަވާލާފައިވާ ޤާނޫނެކެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ކުންފުނިތަކާއިބެހޭ މުޅިން އައު ޤާނޫނެއްގެ ބިލު އެކުލަވާލީ ކުންފުނި އުފައްދައި ރަޖިސްޓަރީކުރުމާއި ހިންގުމާއި އުވާލުމާއި އެނޫންވެސް ކަމާބެހޭ ކަންކަމުގައި ޢަމަލުކުރަމުންދާ އުޞޫލުތައް ހަރުދަނާކޮށް އާ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމަށްޓަކައި ކަމަށެވެ. އެގޮތުން އެކުލަވާލި ކުންފުންޏާބެހޭ އާ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސް އޮފީހަށް މިއަދު ފޮނުވާފައިވާކަމަށްވެސް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެއެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ކުންފުންޏާއިބެހޭ ޤާނޫނަކީ އަހަރުތަކެއް ކުރިން ހަދާފައިވާ ޤާނޫނަކަށްވުމާއެކު އެ ޤާނޫނު މި ޒަމާނުގައި ވިޔަފާރީގެ މާހައުލަކަށް ނުފެތޭކަމަށް ވިޔަފާރީގެ ދާއިރާގެ ހަރަކާތްތެރިވާ ގިނަ ބަޔަކު ބުނެއެވެ. އެހެންކަމުން ސަރުކާރުން ދަނީ ކުންފުންޏާއިބެހޭ ޤާނޫނުގެ އިތުރުން، ވިޔަފާރިއާ ގުޅުންހުރި އެހެން ޤާނޫނުތަކަށްވެސް ޒަމާނީ އިސްލާހުތައް ގެންނަމުންނެވެ.

ކުންފުނި އުފައްދައި ރަޖިސްޓަރީކުރުމާއި ހިންގުމާއި އުވާލުމާއި އެނޫންވެސް ކަމާބެހޭ ކަންކަމުގައި ޢަމަލުކުރަމުންދާ އުޞޫލުތައް ހަރުދަނާކޮށް އާ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމަށްޓަކައި ކުންފުންޏާބެހޭ އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސް އޮފީހަށް މިއަދު ވަނީ ފޮނުވާފައި
— AG Office Maldives (@AGOmv) March 1, 2022
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ކުންފުންޏާއިބެހޭ ޤާނޫނަކީ އަހަރުތަކެއް ކުރިން ހަދާފައިވާ ޤާނޫނަކަށްވުމާއެކު އެ ޤާނޫނު މި ޒަމާނުގައި ވިޔަފާރީގެ މާހައުލަކަށް ނުފެތޭކަމަށް ވިޔަފާރީގެ ދާއިރާގެ ހަރަކާތްތެރިވާ ގިނަ ބަޔަކު ބުނެއެވެ. އެހެންކަމުން ސަރުކާރުން ދަނީ ކުންފުންޏާއިބެހޭ ޤާނޫނުގެ އިތުރުން، ވިޔަފާރިއާ ގުޅުންހުރި އެހެން ޤާނޫނުތަކަށްވެސް ޒަމާނީ އިސްލާހުތައް ގެންނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު