އަހުމަދު މަސްނޫމް   1 މާރިޗު 2022 - 20:28
ސަން ޓްރެވެލް ކުންފުނިން ހިލްޓަނަށް ދައްކަންޖެހޭ 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލާގައި، މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު، ސަން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ސަން ޓްރެވެލުން ހިލްޓަނަށް 28 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހުނީ ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައެވެ.

މިމައްސަލައިގައި ސަން ޓްރެވެލުން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދޭން އާބިޓްރޭޝަނުން ހުކުމްކުރީ އޮގަސްޓް 17، 2015 ގައެވެ. އަދި އެ އަމުރު ތަންފީޒުކުރަން ހިލްޓަނުން ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ އޮގަސްޓް 2020ގައި ސަން ޓްރެވެލްގެ އެކައުންޓްތައް ފްރީޒް ކޮށްފައެވެ.

މި މައްސަލައިގައި ސިޔާމްގެ އިތުރުން، ސަން ޓްރެވެލްގެ އަނެއް ޑިރެކްޓަރު އަދި ސިޔާމްގެ ކުރީގެ އަނބިކަނބަލުން އައިޝަތު ފާއިޒްގެ ޕާސްޕޯޓް ހިފަހައްޓަންވެސް، ވަނީ އަމުރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަމުރު ނެރެފައިވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އިމިގްރޭޝަނުން ވާހަކަދައްކާފައެއްނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް