"ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑް" ގެ ނަމުގައި ބޯޑެއް މިއަދު އެކުލަވައިލައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ބޯޑަކީ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި އުފައްދަވާފައިވާ ބޯޑެކެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މިބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ؛

1. ޑޮކްޓަރ ލަވްޝާ މުޙައްމަދު، ކާއިނާތު، ގދ. ތިނަދޫ (ޢާންމުންގެ ތެރެއިން ޢައްޔަންކުރެވޭ މެންބަރެއް)

2. ޑޮކްޓަރ ޢަބްދުﷲ ޢުބައިދު، ދަފްތަރު. ނަންބަރު ރސ 6099 (ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖްރިބާކާރެއް)

3. - (ސަރަޙައްދުގެ މާލީ ދާއިރާގެ މެންބަރެއް)

4. މަރްޔަމް ނާޒްނީން، ހ. ބަޑިދޫގެ (މިނިސްޓްރީ އޮފް ހެލްތް ތަމްސީލުކުރާ މެންބަރެއް)

5. ޖީޒާ ޙަސަން، ނީލުގެ، ގދ.ތިނަދޫ (ސަރަޙައްދުގެ ޕަބްލިކް ހެލްތް ދާއިރާގެ މެންބަރެއް)

6. ސަޢުދު ޢަލީ، ޢަބުހަރީއާގެ، ގދ. ތިނަދޫ (އަތޮޅު ކައުންސިލްގެ މެންބަރެއް)

7. - (ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ)

މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައި ވަނީ ޑޮކްޓަރ ލަވްޝާ މުޙައްމަދެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް